ޖޫޒާން އެންމެ އުފާވަނީ އަންހެން ވޮލީ ޓީމަށް އިތުބާރު ބޮޑުވާތީ: އަދިވެސް ސަޕޯޓް ބޭނުން

Sep 10, 2024, 5:47 AM
މި ފަހަރުގެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ތެރެއިން ޖޫޒާން (މ).--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މި ފަހަރުގެ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ތެރެއިން ޖޫޒާން (މ).--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރު ދެކޭގޮތުގައި، މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕުން ހާސިލްކުރެވޭ އެންމެ ބޮޑު ކަމަކީ ދިވެހި ސަޕޯޓަރުންގެ މެދުގައި އަންހެން ވޮލީ ޓީމަށް އޮންނަ އިތުބާރު ބޮޑުވުން ކަމަށް ބުނެފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ރާއްޖޭން ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން ރާއްޖެ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ.

ސެމީ ފައިނަލު މެޗުގެ ކުރިން، ގައުމީ ޓީމުގެ ސެޓަރު، ޖޫޒާން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ، ލީގު ބުރާ ހިލާފަށް މިހާރު މި ނުކުންނަނީ، އާ ޗެލެންޖަކަށް ކަމަށެވެ. އެ ގޮތުން، ކުރިއަށް މި އޮތް ސެމީ ފައިނަލް މެޗަކީ ވެސް ފައިނަލެއްގެ ގޮތުގައި ޖޫޒާން ދެކެ އެވެ.

"ބަލިވެއްޖިއްޔާ މި ހިސާބުން މި ކަޓަނީ، އެހެންވީމަ، ފައިނަލެއްގެ ވިސްނުން މި ވަގުތު ވެސް ސިކުނޑީގައި މި ހުރީ،" ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޖޫޒާން ބުންޏެވެ.

މި ފަހަރުގެ ކާވާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން، މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ ކާވާ ވިމެންސް ވޮލީބޯލް ލީގުގައި ރާއްޖޭން ވާދަކުރި އެެވެ. އެ މުބާރާތުގައި، ނޭޕާލް, އީރާން, ސްރީ ލަންކާ އަދި އިންޑިއާއާ ވާދަކޮށް، ރާއްޖެ އަށް މާ އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. އެކަމަކު، އެ މުބާރާތަށް ދިޔައިރު ވެސް ގައުމީ އަންހެން ޓީމުގެ މައިގަނޑު ފޯކަސް ހުރީ، ރަނގަޅު މެޗުތަކެއް ކުޅެ، ޗެލެންޖް ކަޕަށް ތައްޔާރުވުމެވެ.

ރާއްޖޭގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގެ މެޗެއްގެ ތެރެއިން ޖޫޒާން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"އެ މުބާރާތަށް (ނޭޝަންސް ލީގަށް) ދިޔައީ ވެސް މި އަށް ރަނގަޅަށް ތައްޔާރުވާން، ރަނގަޅަށް ކުޅުނު މެޗުތަކެއް އެ މުބާރާތުގައިވެސް އެބަހުރި، ދެން، އެ ކަންކަމަށް ބަލާފައި، މާލެ އައިސް، 20-25 ދުވަހު އެކުގައި ޓީމުން ޕްރެކްޓިގުގައި ކުރި މަސައްކަތް މި މުބާރާތުގައި މި ފެންނަނީ، ފިޓްނަސް އަށް ވަރަށް މަސައްކަތް ކުރިން، ވަރަށް ފިޓްކޮށް ޓީމު މި އޮތީ ހަގީގަތުގައި،" ޖޫޒާން ކިޔައިދިނެވެ.

ކާވާ ޗެލެންޖް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި، ކިރްގިސްތާނާއި ރާއްޖެ ކުޅުނު މެޗުގައި، ކިރްގިސްތާން މޮޅުވި ނަމަވެސް، މި މެޗުގެ ފުރަތަމަ ސެޓުގައި، ރާއްޖޭން ދިގު ރެލީއެއް ކުޅެ، އެ ދެއްކި ހިތްވަރަށް ގިނަ ބަޔެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. އަދި އެ ރެލީގެ ވީޑިއޯ ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު އަންހެން ވޮލީ ޓީމަށް ކުރަމުން އަންނަ ތައުރީފު ފެނިފައި ޖޫޒާން އަށް ލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ވަރަށް ބޮޑަށް ވައިރަލްވެފައި އެ ރެލީ މި އޮތީ، ގައުމީ ޓީމަށް މި ކުޅުނު 10 އަހަރު ތެރޭގައި، އެ ހިތްވަރު ހަމަ މި ދައްކަނީ ކޮންމެ ވަގުތެއްގައި ވެސް، ރެލީތައް ވެސް އާދޭ، އެކަމަކު، މިހާ ދިގު ރެލީއެއް އަމިއްލަ ފަސްގަނޑުގައި، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެ، އެކަން ގިނަ ބަޔަކަށް ފެނުމުން އެ ދޭ ސަޕޯޓް ފެނިފައި ހަމަ ވަރަށް އުފޭވޭ،" ޖޫޒާން ބުންޏެވެ.

"މީގެ އެންމެ އުފާވަނީ ގައުމީ އަންހެން ޓީމަށް ދިވެހި ސަޕޯޓަރުން ކުރާ އިތުބާރު ބޮޑުވުން، ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް އެދޭ ސަޕޯޓް އިތުރުވާތީ ވަރަށް އުފާވޭ ހަގީގަތުގައި،" ޖޫޒާން ބުންޏެވެ.

ސަޕޯޓަރުންނަށް ޖޫޒާން މެސެޖެއް ވެސް ދީފައިވެ އެވެ.

ޖޫޒާން ބުނީ، ކުރިއަށް މި އޮތީ މުޅިން ވެސް ފައިނަލް ކަމަށާއި ޓީމަށް ހިތްވަރުދޭން އަންނަ ސަޕޯޓަރުން މެޗު ބަލަން އައުމުގެ ވިސްނުމަށް އެކަނި ފޯކަސް ކުރުމަށް ވުރެން ޓީމަށް ހިތްވަރުދީ ޓީމުގެ ފަހަތުގައި އަބަދުވެސް ހުންނަން އެދޭ ކަމަށެވެ.

ކާވާ ވިމެންސް ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި ތަޖިކިސްތާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox