އަބްދުއްރަހީމްއަކީ އެއްވެސް ލީޑަރެއްގެ ފަހަތުގައި އިހުލާސްތެރިކަމާއެކު ހުންނެވި ބޭފުޅެއް ނޫން: ޔާމީން

އަބްދުއްރަހީމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި. -- އަދަދު ފައިލް ފޮޓޯ

އަބްދުއްރަހީމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި. -- އަދަދު ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަކީ ސިޔާސީ ލީޑަރެއްގެ ފަހަތުގައި އެއް އިރެއްގައި ވެސް އިހުލާސްތެރިކަމާއެކު ހުންނެވި ބޭފުޅެއް ނޫން ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަބްދުއްރަހީމް އެންމެ ފުރަތަމަ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ގެންނެވުމަށް ކަމަށެވެ. އަދި ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމު ލިބިވަޑައި ނުގަތުމުން އަބްދުއްރަހީމް ހުންނެވީ މެލޭޝިއާއަށް ވަޑައިގެން އެ ގައުމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

އަބްދުއްރަހީމް މެލޭޝިއާއިން ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެގޮތަށް އުޅުއްވި ބޭކަލެއް އަބްދުއްރަހީމަކީ. އަބްދުއްރަހީމްއަކީ މާގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްގެން ގެނެސް އަޅުގަނޑު ގޮނޑީގައި ވެޑުވި މީހެއް ކަމަށް [ޓޫރިޒަމް މިނިސްޓަރު] ފައިސަލަށް ހީވާ ކަމަށް ވަންޏާ މިހާރު ދެން ބޭނުންވީ މި ކަހަލަ ކަންކަމުގައި ހަގީގަތް އޮޅުން ފިލުވައިދޭން. އަބްދުއްރަހީމް 2013 ގައި ހުރީ ރައީސް ޔާމީން ހޮވޭތޯއެއް ނޫން. އަބްދުއްރަހީމް މަސައްކަތް ކުރެއްވީ ގާސިމާއެކީ. "ގާސިމް ކެޓީމަ އެ ހިސާބުން ދެން އަބްދުއްރަހީމްގެ މަސައްކަތް ފެނިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

"މި ކަހަލަ ވާހަކަ އަޅުގަނޑު މި ހުންނަނީ ނުދައްކަން. އަޅުގަނޑަށް މާޒީއަކީ މާޒީ. އެކަމަކު ގަބުރު ކޮނެގެން ކަށިނަގާ ހިސާބަށް ދާކަށް ވަންޏާ ދެން މީގެ ހަގީގަތްތައް އެނގެންވާނެ. އަދި މިކަހަލަ ލައްކަ ވާހަކަ ހުންނާނެ."

މި ސަރުކާރުގެ ދެ ބައިކުޅަ އެއްބައި އަބްދުއްރަހީމް އަށް ދެއްވާފައި އޮތުމަކީ ރައީސް މުއިއްޒުގެ ނުކުޅެދުއްތެރިކަން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ފައިސަލް އަކީ ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އަބްދުއްރަހީމް ދާދި ފަހުން ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރިޔާސީ ލޯންޗު "ފިނިފެންމާ" 2015 ވަނަ އަހަރު ގޮއްވާލުމުގެ އަޑީގައި ހުންނެވީ އެއިރުގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. އަދި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ރޮވެންދެން ބަވައިލި ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox