ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވި ޑިފެންސް ކޯޕަރޭޝަން ޑައިލޮގް ނިންމާލައިފި

އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގެ ހަވާސާގައި ދެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިން --- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގެ ހަވާސާގައި ދެ ގައުމުގެ އަސްކަރިއްޔާގެ އިސްވެރިން --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހި ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުން, "އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ނިއުދިއްލީގައި ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. އިންޑިއާގެ ފަރާތުން އިސްކޮށް ހުންނެވީ ޑިފެންސް ސެކްރެޓަރީ، ޝްރީ ގިރިދަރު އަރަމަނޭ އެވެ. މިއީ "އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" ގެ ފަސްވަނަ ބައްދަލުވުމެވެ.

ސިފައިންގެއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފަސް ވަނަ ފަހަރަށް ބޭއްވުނު އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގުގައި، ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުންތަކުގެގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

Advertisement

"ދިފާޢީ ގުޅުން އިތުރަށް ބަދަހިކޮށް، ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށާއި، ތަމްރީނާއި އުނގެނުމުގެ ދާއިރާއާ ބެހޭގޮތުންނާއި، މައުލޫމާތު ހިއްސާކުރުމުގައި އެއްބާރުލުން އިތުރުކުރުމާއި، ސަރަހައްދުގެ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން އިތުރު ކުރުމާ ގުޅޭގޮތުން ވެސް މި ޑައިލޮގްގައި މަޝްވަރާ ކުރެވިފައިވޭ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ދަތުރުގައި ހިލްމީ ވަނީ އިންޑިއާގެ އަސްކަރިއްޔާގެ އެކި ގޮފިތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ޑައިލޮގުގެ ހަވާސާގައި އޭނާ ވަނީ އިންފޮމޭޝަން ފިއުޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެ ތަނުގައި ކުރެވޭ މުހިންމު މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

މަޝްވަރާތަކުގައި ބައިވެރިވި ދިވެހި ވަފުދުގައި މޭޖާ ޖެނެރަލް ހިލްމީގެ އިތުރުން މި އަސްކަރިއްޔާގެ ގިނަ އިސްވެރިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox