ހުލާސާކޮށް އިއްޔެ: ޑްރިފްޓިން އާއި ރޭސިންއަށް ބޭނުންކުރާ ސަރަހައްދު އަތުުލުން

ހުޅުމާލޭ ޑްރިފްޓުކުރާ ސައިކަލެެއް. -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ހުޅުމާލޭ ޑްރިފްޓުކުރާ ސައިކަލެެއް. -- ފޮޓޯ: ރޭސިން އެސޯސިއޭޝަން

ރޭސިންއަށާއި ޑްރިފްޓިންއަށް ހުޅުމާލެއިން ދޫކޮށްފައި އޮންނަ ސަރަހައްދު އަތުލައި، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި އެވެ.

އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުންތައް ނިންމެވީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ނިންމި ނިންމެވުންތައް ކަމާގުޅޭ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފެށުމަށް ނިންމަވާފައި ވަނީ ގުރެޖުއޭޓިން ލައިސެންސް ސިސްޓަމެއް ގާއިމު ކޮށްގެންނެވެ.

މިދިޔަ ސަރުކާރުން ރޭސިންއަށާއި ޑުރިފްޓިންއަށް ހުޅުމާލެއިން ހަމަޖައްސައިދިން ބިން އަތުލުމުގެ އިތުރުން ރައީސް ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ވަކި ސީސީއަކަށް ވުރެ މަތީގެ އުޅަނދުފަހަރު އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ދުއްވި މީހާގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތުން ގެންދެވޭ ގޮތަށް އުސޫލު ބަދަލު ކުރުން ހިމެނެ އެވެ.

އަދި، ސައިލެންސަރުގެ އަޑުގަދަ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެ ކުރުން މަނާ ކުރުމާއި ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑު ބުރޭކަރާއި ސްޕީޑް ދެނެގަތުމަށް ބޭނުން ކުރާ ކެމެރާ ހަރުކުރަން ވެސް ރައީސް އެމަނިކުފާނު ނިންމެވި އެވެ.

ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވީ ބުރާސްފަތި ދުވަހުގ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި ހާދިސާގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން އިއްޔެ ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ އެކްސިޑެންޓުގައި މަރުވީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު، އެވެ.

އޭނާ ގައިގައި ޖެހުނު ކާރު ދުއްވަން އިން ވިސާމް ސިދުގީ 26، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ މިރޭ އަމުރުކޮށްފަ އެވެ. ވިސާމްއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox