ޑި ރޮސީގެ އެދުމަށް ހަމެލްސް ރޯމާ އަށް

Sep 6, 2024, 3:15 AM
ޑި ރޮސީގެ އެދުމަށް ހަމެލްސް ރޯމާ އަށް

ރޯމް، އިޓަލީ (ސެޕްޓެމްބަރު 6) - ރޯމާގެ ކޯޗު ޑަނިއޭލޭ ޑި ރޮސީގެ އެދުމަށް، ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު، މެޓް ހަމެލްސް ރޯމާ އަށް ސޮއިކޮށްފި އެވެ.

މިދިޔަ ސީޒަނަށް ފަހު، ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލަން ހަމެލްސް، 35، ނިންމީ އޭނާ އަށް އެ ކްލަބުން އާ ކޮންޓްރެކްޓެއް ދޭން އެއްބަސްނުވުމުންނެވެ.

މިދިޔަ ސީޒަނުގައި ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މޮޅަށް ކުޅުނު ހަމެލްސް އަށް ޖަރުމަނު ގައުމީ ޓީމުގެ ޔޫރޯ ސްކޮޑުން ވެސް ފުރުސަތު ނުލިބުނެވެ.

ހިލޭ ޓްރާންސްފާއެއްގައި ހަމެލްސްގެ ސޮއި ހޯދަން، ސްޕެއިނުގެ ރެއާލް ބެޓިސް، ރެއާލް ސޮސިއެޑާޑްގެ އިތުރުން، އިނގިރޭސި ދެ ކްލަބް ކަމަށްވާ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އާއި ވެސްޓް ހޭމް ޔުނައިޓެޑުން ވެސް މަސައްކަތްކުރި އެވެ.

އެކަމަކު، ފަހު ވަގުތު ހަމެލްސް ސޮއިކުރީ އެއް އަހަރުގެ ޑީލެއްގައި ރޯމާއާ އެކު އެވެ. ރޯމާގެ ކޯޗު ޑި ރޮސީއާ މަޝްވަރާ ކުރުމަށް ފަހު، ހަމެލްސް އެ ކްލަބަށް ބަދަލުވީ، ނިސްބަތުން ބަލާއިރު ކުޑަ މުސާރަ އަކަށެެވެ. އެއީ ސީޒަނަށް ޖުމްލަ އެކު، ޓެކްސް އަށް ފަހު، ތިން މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ.

ރޯމާ އިން ވަނީ ހަމެލްސްއާ އެކު ހެދި ކޮންޓްރެކްޓްގައި، ހާއްސަ މާއްދާއެއް ހިމަނައިފަ އެވެ. އެއީ ހަމެލްސް އާއި ރޯމާގެ މެނޭޖްމަންޓަށް އެއްބަސްވެވޭ ކަންކަން ފުރިހަމަ ވެއްޖެނަމަ، އިތުުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށެވެ.

މިއީ، ޑޯޓްމަންޑާއި ބަޔާން މިއުނިކް ފިޔަވައި، އެހެން ކްލަބަކުން ހަމެލްސް ފެންނަ ފުރަތަމަ ފަހަރެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox