ލިވަޕޫލުން ސަލާހާ އެކު އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ފަށަނީ

Sep 6, 2024, 3:17 AM
ލިވަޕޫލުން ސަލާހާ އެކު އާ ކޮންޓްރެކްޓެއްގެ މަޝްވަރާތައް ފަށަނީ

ލިވަޕޫލް (ސެޕްޓެމްބަރު 6) - ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހާ އެކު، އެ ކްލަބުން ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސަލާހު، 32، އާ އެކު ލިވަޕޫލުން ހަަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ދާދި ފަހުން، ލިވަޕޫލުން ޔުނައިޓެޑް ބަލިކުރި މެޗަށް ފަހު، ދިން އިންޓަވިއުގައި ސަލާހު ވަނީ މިއީ އޭނާ ލިވަޕޫލާ އެކު، ފަހު ސީޒަންގޮތުގައި ދެކޭ ކަމަށް ބުނެފަ އެވެ. އެއީ، ލިވަޕޫލުން އޭނާއާ އެކު އާ ކޮންޓްރެކްޓެއްގެ ވާހަކަ އަދި ދައްކާފައިނުވާތީ ކަމަށް ވެސް ސަލާހުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހުގެ މި ވާހަކަތަކާ ގުޅިގެން، ލިވަޕޫލުން އަންނަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ސަލާހު އަށް ދިނުމަށް މަޝްވަރާ ކުރަމުންނެވެ.

މިދިޔަ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ މަހުޖަނު ކްލަބްތަކުން ސަލާހަށް 150 މިލިއަން ޑޮލަރާއި 200 މިލިއަން ޑޮލަރުގެ އޮފާތައް ކުރި ނަމަވެސް، އޭނާ އޭގެއިން ހުށަހެޅުމަކާ މަޝްވަރާކޮށްފައިނުވެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްްތައް ބުނާގޮތުން، ސަލާހުގެ ވިސްނުން ހުރީ ލިވަޕޫލުން ރަނގަޅު އޮފާއެއް ދީފިނަަމަ އެއްބަސްވުން އާ ކުރާށެވެ.

އަދި ލިވަޕޫލްގެ އާ ކޯޗު ނެދަލެންޑްސްގެ އާނާ ސްލޮޓާ އެކު އެ ކްލަބްގެ ކަންކަން ރަނގަޅު މިސްރާބުން ދާތީވެ، ސަލާހު ހުރީ ހިތްހަމަޖެހިފަ އެވެ.

ރޯމާ ދޫކޮށް، 2017 ވަނަ އަހަރު ސަލާހު ލިވަޕޫލަށް ބަދަލުވީ، 38 މިލިއަން ޑޮލަރަށެވެ. ލިވަޕޫލަށް ކުޅެދިން 352 މެޗުން ސަލާހު ވަނީ އެ ޓީމަށް 214 ގޯލު ޖަހައި، 92 ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަލާހުގެ އިތުރުން، ލިވަޕޫލުން ވަރަށް އަވަހަށް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އާއި ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓް އާ ކުރަން ވެސް މަޝްވަރާތައް ފަށާނެ އެވެ. އާނޯލްޑް އާއި ވެން ޑައިކްގެ ކޮންޓްރެކްޓް ވެސް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox