ރަނގަޅު ފުޓްބޯޅައެއް ކުޅެން ސްރީ ލަންކާ ފަސްޖެހޭކަށް ނުޖެހޭ

Sep 5, 2024, 3:04 AM
2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން މުތައިރީ ދަނޑުމަތީގައި އިށީނދެލައިގެން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން މުތައިރީ ދަނޑުމަތީގައި އިށީނދެލައިގެން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 5) - ރަނގަޅު ލެވަލެއްގެ ފުޓްބޯޅައެއް ކުޅެން ސްރީ ލަންކާ ފަސް ޖެހެންޖެހޭ ސަބަބެއް ނެތް ކަމަށް އިންޓަރިމް ކޯޗެއްގެ ގޮތުގައި އެ ޓީމާ ހަވާލުވި، ކުވެއިތުގެ ކުރީގެ ކޯޗު، އަބްދުﷲ އަލް-މުތައިރީ ބުނެފި އެވެ.

ލަންކާއާ ހަވާލުވެހުރި، އިނގިރޭސި ކޯޗު އެންޑީ މޮރިސަން އަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ، އޭނާ ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ ބްރޭކެއް ނަގައިފަ އެވެ. އެ މުއްދަތާ ދިމާވީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ލަންކާ އާއި ކެމްބޯޑިއާ މެޗު ތާވަލުކުރި ދުވަސްވަރަށެވެ.

މޮރިސަން އަށް ޓީމުގެ ޒިންމާއާ ހަވާލުވެެވެން ނެތުމުން، ސްރީލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަގުތީ ކޯޗެއް ގެންނަން ނިންމި އެވެ. އެ ގޮތުން، ގަތަރުގެ އެސްޕަޔާ ގްރޫޕްގެ ޑިރެކްޓަރު، އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ، ޓިމް ކޭހިލް އާއި ސްރީ ލަންކާގެ ފުޓްބޯޅަ ރައީސް، ޖޭސްވާރު އުމަރާ މަޝްވަރާކޮށް، ޕްލޭއޮފް ދެ މެޗުގައި، ލަންކާ އަށް ކޯޗުކޮށްދޭން ނޭޕާލުގެ ކުރީގެ ކޯޗު މުތައިރީ އެއްބަސްވީ އެވެ.

މިއަދު ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭ ހޯމް މެޗުގެ ކުރިން މުތައިރީ ބުނީ، ކިތަންމެ ކުރު މުއްދަތަކަށް ނަމަވެސް ލަންކާ ފުޓްބޯޅަ އަށް ހިދުމަތްކޮށްދޭން ލިބުނު ފުރުސަތަކީ ފަހުރެއް ކަމަށެވެ. އެ ގޮތުން، އޭނާ ވަނީ މި ސަރަހައްދުގެ ޓީމުތަކަަކަށް ކޯޗުކޮށްދީފައި ކަމަށާއި އެ ގައުމުތަކާއި ނޫނީ ޓީމުތަކާ އަޅާކިޔާއިރު، ލަންކާގެ ހާލަތު ރަނގަޅު ކަމަށް މުތައިރީ ފާހަގަކުރި އެވެ.

"އަހަންނަށް ފެނުނު ރަނގަޅު ވަސީލަތް ނެތް، ލީގެއް ވެސް ނެތް، ހަަމައެކަނި ކުރާ ޕްރެކްޓިސްތަކަކާ އެކު މެޗު ކުޅޭ ޓީމުތައް ވެސް. އެކަމަކު، ލަންކާގައި އެބަހުރި ވަސީލަތް. އެބަހުރި ހުނަރު، އަހަންނަށް އެބަފެނޭ މި ކުޅުންތެރިން ކާމިޔާބު ހޯދަން އެ ކުރާ މަސައްކަތް،" ނޭޕާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ގެންގޮސްދިން ކޯޗު، މުތައިރީ ބުންޏެވެ.

"ލަންކާގެ ހުނަރު ލެވަލް މި ހުރީ ހަމަ އެހެން ގައުމުތަކެކޭ އެއް ލެވަލްގައި. އަމިއްލަ އަށް ދަށް ބަޔެކޭ އެހެން ގަބޫލުކޮށްގެން ކުޅެން ނުޖެހޭ. ލަންކާ އަށް ވެސް އެބައޮތް ފުރުސަތު، ރަނގަޅު ފުޓްބޯޅަ ކުޅެން ފަސްޖެހޭކަށެއް ނުޖެހޭ،"

ކިރްގިސްތާންގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދިން މުތައިރީ، ނޭޕާލް ކޯޗުކަން، 2022 ވަނަ އަހަރު ދޫކޮށްލުމަށް ފަހު، ދެން، މުތައިރީ ފެނުނީ އަފްގާނިސްތާންގެ ކޯޗުގެ މަގާމުންނެވެ. މިދިޔަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި އަފްގާނިސްތާނުން ބަންގްލަދޭޝާ ކުޅެމުން، މުތައިރީ އާއި ބަންގްލަދޭޝްގެ ކޯޗިން ސްޓާފުންނާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެ ސަބަބުން، ފަހުން އަފްގާނިސްތާނުން ވަނީ މުތައިރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.

ލަންކާއާ އެކު، މުތައިރީ ފުރަތަމަ މެޗުގައި، މިއަދު ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކެމްބޯޑިއާއާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި، މި މަހު 10 ވަނަ ދުވަހު ކެމްބޯޑިއާގައި ކުޅޭނެ އެވެ. ކެމްބޯޑިއާ މެޗުގެ ނަތީޖާތައް ބަލާފައި، މުތައިރީ އަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox