ސިނަމާލެ ބުރިޖު ކައިރިން ލޯންޗެއް މިއަދު ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ސަރަހައްދުގައި ކޯސްޓުގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ލޯންޗު ބަންޑުން ޖަހާލިއިރު އޭގައި ތިބީ ކިތައް މީހުން ކަމެއް ސިފައިން ނުބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން ދެ އިންޖީނު އަޅާފައި އޮތް ލޯން އޮތީ އެއްކޮށް ބަންޑުން ޖަހާލާފަ އެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންވެސް ވަނީ ބުނެފަ އެވެ.
ސިފައިން އިތުރަށް މައުލޫމާތު ދިން ގޮތުގައި ބަންޑުން ޖަހާލި ލޯންޗުގައި ތިބީ ތިން މީހުންނެވެ. އެ ތިން މީހުންވެސް ފުލުހުން ސަލާމަތްކޮށްފައިވާ ކަމަށްވެސް ސިފައިން ބުންޏެވެ.













