ނަޕޯލީން އެކަހެރިކުރި އޮސީމެން ބަދަލުވަނީ ގަަލަސަތަރާއި އަށް

Sep 3, 2024, 8:59 AM
ނަޕޯލީން އެކަހެރިކުރި އޮސީމެން ބަދަލުވަނީ ގަަލަސަތަރާއި އަށް

އިސްތަންބޫލް، ތުރުކީ (ސެޕްޓެމްބަރު 3) - ނަޕޯލީ ޓީމުން އެކަހެރި ކުރި ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސީމެން ލޯން ޑީލެއްގެ ދަށުން ތުރުކީގެ ގަދަބާރު ގަލަސަތަރާއި އަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީގެ އަށް މަސް ކުރިން، އޮސީމެން، 24، ވަނީ ނަޕޯލީއާ އެކު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އެކަމަކު، މިދިޔަ ސީޒަން ނިމުމުން ނަޕޯލީނ ދޫކޮށްލައި އާ ޓީމަކާ ގުޅެން އޮސީމެން ނިންމި އެވެ.

އޮސީމެން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ ޗެލްސީ އާއި ސައުދީގެ އަލް އަހްލީންނެވެ. އެކަމަކު، އޭގެއިން އެއްވެސް ޓީމަކަށް އޮސީމެން ބޭނުންވާ ކަންކަން ކޮންޓްރެކްޓްގައި ނުހިމެނޭތީ، ޑީލް ކުރިއަށްނުދިޔަ އެެވެ. ނަޕޯލީން އޮސީމެން ދޫކޮށްލަން ނިންމި ނަމަވެސް އޭނާގެ އަމިއްލަ ކަންތައްތަކެއްގެ ސަބަބުން، އެ ޓްރާންސްފާ ނުހިނގި އެވެ. އެކަމާ ހިތްހަމަނުޖެހިގެން ނަޕޯލީން ވަނީ ޓީމުގެ ހަރަކާތްތަކުން، އޮސީމެން ބާކީކޮށް ވަކިން ޓްރެއިނިން ގެންދަން އަންގައިފަ އެވެ.

ނަޕޯލީގެ މި ނިންމުމާ އެކު، ނުކުޅެ ހުންނަން ޖެހޭ މުއްދަތެއް ކުރިމަތިވެދާނެތީވެ، އޮސީމެން ވަނީ ތުރުކީގެ ގަލަސަތަަރާއިއާ އެކު މަޝްވަރާކޮށް ލޯން ޑީލަކަށް އެއްބަސްވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ގަލަސަތަރާއި އިން އޮސީމެން ގެންދަނީ ހަަމައެކަނި މި ސީޒަނަށެެވެ. ލޯން އެއްބަސްވުން ނިމުމުން ދާއިމީ ކުރެވޭ ބައެއް ކޮންޓްރެކްޓްގައި ނުހިމެނެ އެވެ.

އޮސީމެން ޓީމު ދޫކޮށްލާނެ ކަމަށް ބަލައި، ނަޕޯލީން ވަނީ 34 މިލިއަން ޑޮލަރު ދީފައި ޗެލްސީން ރޮމެލޫ ލުކާކޫ ގަނެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox