ސީސީ އިންޓަރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އަމިއްލަ އަށް

Sep 2, 2024, 5:38 AM
ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަމިއްލަ ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރައްޔާން ފޮޓޯސް

ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަމިއްލަ ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގައި ކުރިއަށްދިޔަ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އަމިއްލަ މޯލްޑިވްސް އިން ހޯދައިފި އެވެ.

މިއީ ސީސީން އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް ކުރިއަށްގެންދިޔަ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ސޮނޭވާފުށިންނެވެ.

މި ފަަހަރުގެ މުބާރާތުގައި އަށް ރިސޯޓަކުން ވާދަކުރިއިރު، އަމިއްލަ ޗެމްޕިއަންކަން ހޯދީ ރަނގަޅު ރެކޯޑަކާ އެކު އެވެ.

މި ފަހަރުގެ މުބާރާތުގައި އަމިއްލަ އާއި ފިނޮޅުގެ އިތުރުން ދެން ވާދަކުރި ރިސޯޓްތަކަކީ، ސޮނޭވާފުށި، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ، މިލައިދޫ މޯލްޑިވްސް، ދުސިތު ތާނީ މޯލްޑިވްސް، އަވަނި+ފަރެސް މޯލްޑިވްސް އަދި އަނަންތަރާ ކިހާވަށް މޯލްޑިވްސް އެވެ.

އަމިއްލަ އާއި ފިނޮޅު ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން.---- ފޮޓޯ: ރައްޔާން ފޮޓޯސް

އޭދަފުށީ ވެލި ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގެ މެޗުތައް ކުޅުނީ އަށް ވިކެޓަށެވެ. އިއްޔެ ކުޅުނު ފައިނަލް މެޗުގައި، އަމިއްލަ އިން މޮޅުވީ ހޯދީ ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގައި، ފިނޮޅުން ވަނީ ފުރަތަމަ ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 131 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި އަމިއްލަ އިން ކުޅެން އަރައި، 7.5 ވިކެޓް ތެރޭ، ތިން ކުޅުންތެރިން ނުބައިވި ނަމަވެސް، 132 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، އަމިއްލަ ޓީމުގެ ރޯޝަން އެވެ.

ރިސޯޓް ކްރިކެޓް މުބާރާތްތަކީ، މި ފަހުން ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ މުބާރާތްތަކެކެވެ. އެއީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކްރިކެޓް ސަޕޯޓަރުން އަދި އެ ކުޅިވަރު ކުޅެން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވިފައި އޮންނަ ޕްލެޓްފޯމެކެވެ. ބ. އަތޮޅަކީ، ނިސްބަތުން ބަލާއިރު، ރާއްޖޭގެ އެންމެ ރިސޯޓްގިނަ އަތޮޅެކެވެ. އެހެންކަމުން، ސީސީން އިންތިޒާމްކޮށްގެން މި ބާއްވާ ކްރިކެޓް މުބާރާތަށް ލިބޭ ތަރުހީބަށް ބަލާއިރު، މިއީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުރިއެރުން ހޯދާނެ މުބާރާތަކަށްވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox