މި ދައްކަނީ ކޮން އެއްޗެއް ލިބޭ ވާހަކަތަ؟

މި ދައްކަނީ ކޮން އެއްޗެއް ލިބޭ ވާހަކަތަ؟

'ލިބޭ' ނަމަ ކުރަންޖެހޭނޭ ކަމަކީ ލިބޭތާ ލިބިގަތުމެއް ނޫންހެއްޔެވެ؟

ނަފުސަށް ވައި ޖައްސާލަން ނުކުމެ އުޅެނިކޮށް ލޮލުގައި އަޅައިގަތީ ރާޅުގަނޑުގެ ތޮށީގައި ތަތްކޮށްފައި ހުރި ބޮޑު އަކުރުން "ލިބޭ" ލިޔެފައި ހުރި ރަތްކުލައިގެ ޕޯސްޓަރުތަކެވެ. ހަމަ އެ ވަގުތު، ރޫސްލާފައި ސައިކަލްގައި ދިޔަ ދެ ޒުވާން ބުނެލި އެވެ؛ "އަނެއްކާ ކޮންއެއްޗެއް ލިބޭ ވާހަކައެއްތަ؟"

"ލިބޭ" ޕޯސްޓަރުތައް މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ތަތްކުރަން މިފެށީ، ޑޮލަރު ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. ލިބެން މިއުޅެނީ ޑޮލަރު ނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟ އެހެންނަމަވެސް މި ޕޯސްޓަރުތަކާއި ޑޮލަރުގެ މައްސަލަތަކާ ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.

Advertisement

ޑޮލަރު ލިބުމުގެ ތާށިކަން ބޮޑުވެގެން ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓު ކުޑަކުރަން އެ ބޭންކުގެ ބޯޑުން ނިންމި ނިންމުން ތަންފީޒުކުރުމުން، އެކަން ސަރުކާރުން ދެކުނީ ގެންނަން އުޅުނު މާލީ ބަގާވާތެއްގެ ގޮތަށެވެ. އެހެންވެ، "އަތް އަނބުރާލައިގެން" ބީއެމްއެލްގެ ބޯޑުގެ ނިންމުން ބަދަލު ކުރުވި އެވެ. ނަމަވެސް އެ ބުނާ ވަރުގަދަ މާލީ ބަގާވާތުގައި ތުހުމަތު ކުރެވޭ މީހަކު ވެސް ނެތެވެ.

މާލީ ބަގާވާތުގެ ވާހަކަ ރައީސް ޑރ. މުއިއްޒު ދެއްކެވުމަށް ފަހު ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރުގައި އެ މަނިކުފާނުގެ އާއިލާ އުޅުއްވަނިކޮށް އެ ބޭފުޅުންގެ ފޮޓޯއެއް ނެގި ކަމަށް ތުހުމަތުކުރާ ދިވެއްސެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ރޭ ހިފަހައްޓައި ތަހުގީގު ވަނީ ފަށައިފަ އެވެ. ފޯނު ހިފެހެއްޓީ، ތުހުމަތު ކުރެވޭ މީހާ ސިންގަޕޫރުން މާލެ އައިސް ފްލައިޓުން ފޭބުމާއެކު ވަގުތުންނެވެ.

ނަމަވެސް މާލީ ބަގާވާތާ ގުޅިގެން ބީއެމްއެލް ބޯޑު މެންބަރެއްގެ ފޯނެއް، އަދި އެމްޑީޕީގެ ލީޑަރެއްގެ ފޯނެއް އަދިވެސް ނުހިފަހައްޓަ އެވެ. އެފަދަ އަމުރެއް ވެސް ނެތެވެ. ބީއެމްއެލް އާއި އެމްޑީޕީގެ އޮފީސް ބަލައި ފާސްކުރުމުގެ އަމުރެއް ނެރެ، އެފަދަ އޮޕަރޭޝަނެއް ވެސް ނުހިންގަ އެވެ.

ލިބޭ ޕޯސްޓަރުތައް ތަތްކުރުން އިއްތިފާގުވީ މިފަދަ ވަގުތަކަށް ކަމަށް ވިޔަސް، މިއީ ކޮންކަމަކާ ގުޅިގެން، ކޮން ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަން އަދި ނޭނގެ އެވެ. ތަތްކޮށްފައި ހުރި ޕޯސްޓަރުތަކުގެ އަދަދަށް ބަލާއިރު 'ލިބޭ' ވާހަކަ އެ ދައްކަނީ ސީރިއަސްކޮށް ކަމަށް ބެލެވެ އެވެ. 'ލިބޭ' ކަމަށް ބުނަން އެކޮށްލަނީކީވެސް ކުޑަ ހަރަދެއް ނޫނިއްޔާ އެވެ.

"ލިބޭ" ޕޯސްޓަރުތައް ހަރުކޮށްފައިވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް އެބަ ދައުރުކުރެ އެވެ. ދެ ދުވަހެއްގެ ތެރޭގައި މިއީ 'ޓޯކް އޮފް ދަ ޓައުން' އަށް ވެއްޖެ އެވެ. އެކަމަކު އެއްވެސް މީހަކަށް ނޭނގެނީ މި ޕޯސްޓަރުތަކުން ބުނެދޭން އުޅޭ ވާހަކަ އެވެ. ލިބެން އުޅެނީ ކޮންއެއްޗެއްކަމާއި ލިބޭނީ ކިހިނަކުންތޯ ބަލަން އެންމެންވެސް މިތިބީ އިންތިޒާރުގަ އެވެ. ލިބެނީ ކޯއްޗެއް ހެއްޔެވެ؟ ޑޮލަރު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ޕޯސްޓަރުތައް ހަރުކުރި ބަޔަކު ލަސްތަކެއް ނުވެ ދޭނެ ކަމަށް ބެލެވެ އެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox