ލިވަޕޫލްގައި އޮތީ އެކުލަވާލައިފައި އޮތް ސްކޮޑެއް: ޓެން ހާގް

Sep 1, 2024, 5:10 AM
ލިވަޕޫލްގައި އޮތީ އެކުލަވާލައިފައި އޮތް ސްކޮޑެއް: ޓެން ހާގް

މެންޗެސްޓާ (ސެޕްޓެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑާއި އަޅާކިޔާއިރު ލިވަޕޫލްގައި އޮތީ މިދިޔަ އަހަރުތަކުގައި އެކުލަވާލައިފައިވާ އޮތް ސްކޮޑެއް ކަމަށް ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލިވަޕޫލާ ކުޅޭނެ އެވެ. މިއީ، ލިވަޕޫލްގެ ކޯޗުކަމާ ނެދަލެންޑްސްގެ އާނޭ ސްލޮޓް ހަވާލުވި ފަހުން، ރަސްމީ މެޗެއްގައި ޔުނައިޓެޑާ ކުޅޭ ފުރަތަމަ ފަހަރެެވެ.

ޕްރީ ސީޒަންގެ އެމެރިކާ ޓުއާގައި ޔުނައިޓެޑްގެ މައްޗަށް ސްލޮޓްގެ ލިވަޕޫލުން 3-0 އިން ކުރިހޯދި އެވެ. އެ މެޗަށް ފަހު ވެސް ޓެން ހާގް ވަނީ ޔުނައިޓެޑްގައި އޭނާގެ ވަޒީފާ އަށް ވުރެން ސްލޮޓް އަށް އެ ކްލަބްގެ ވަޒީފާ ނިސްބަތުން ފަސޭހަވާނެ ކަމަށް ބުނެފަ އެވެ.

މިރޭގެ މެޗުގެ ކުރިން ވެސް ޓެން ހާގް ވަނީ ސްލޮޓަށް ހުރި ފަސޭހަަތަކެއްގެ ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، ލިވަޕޫލް ސްކޮޑު ބައްޓަންކޮށްފައި އޮތްގޮތުން ސްލޮޓް ބޭނުންވާ ގޮތަށް ކަންކަން ގެންދަން ފަސޭހަކަން ޓެން ހާގް ފާހަގަކުރި އެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑުން ލިވަޕޫލް ބަލިކުރީ 2022 ވަނަ އަހަރު އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ވަނީ އެފްއޭ ކަޕްގައި ލިވަޕޫލް ބަލިކޮށްފަ އެވެ.

ޓެން ހާގް ބުނީ، މިދިޔަ ސީޒަނުގެ އެފްއޭ ކަޕް މެޗަކީ، ޔުނައިޓެޑަަށް ލިވަޕޫލާ ދެކޮޅަށް ކުރިއެރުން ވަޒަންކުރެވުނު މެޗެއް ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅަށް މި މެޗުގެ މުހިންމުކަން އެނގޭ. ޔަގީނުން ވެސް ލިވަޕޫލްގައި އެ އޮތް ސްކޮޑު އަހަރެމެންނަށް ވުރެ މެޗުއާކޮށް އެ ފެންނަނީ، އެއީ އަހަރުތަކަކުން ބައްޓަންކުރި ޓީމެއް ކަމަށްވާތީ، ކޯޗު އާ ވިޔަސް، އެ ޓީމު އެއީ ފަރިތަ ޓީމެއް،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި، ފުލަމް އަތުން މޮޅަކުން ލީގު ފެށި ނަމަވެސް ރަށުންބޭރުގައި ކުޅުނު ދެ ވަނަ މެޗުން ވަނީ ބްރައިޓަން އަތުން ބަލިވެފަ އެވެ.

ލިވަޕޫލް އަތުން މޮޅެއް ހޯދުމުުގެ މުހިންމު ކަމަށް އިޝާރާތްކޮށް، ޓެން ހާގް ބުނީ، ސީޒަނުގެ ކުރީކޮޅު ކަމުގައި ވިޔަސް ގިނަ ޕޮއިންޓްތަކެއް ގެއްލޭނަމަ ޓީމު ޕްރެޝަރަށް ވެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ލިވަޕޫލްގެ އާ ކޯޗު، ސްލޮޓްގެ ކޯޗުކަމުގައި އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. މިއީ، 1991 ވަނަ އަހަރަށް ފަހު، ލިވަޕޫލާ ހަވާލުވި ކޯޗެއްގެ އެންމެ ރަނގަޅު ފެށުމެވެ.

އެކަމަކު، ސްލޮޓަށް އޮތް އެންމެ ބޮޑު ޓެސްޓަކީ މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކަމަށް މީޑިއާ އިން ސިފަކުރެ އެވެ.

ސްލޮޓް ބުނީ ފުޓްބޯޅައިގައި އުޅޭ ކޮންމެ މީހަކަށް ވެސް ލިވަޕޫލާއި ޔުނައިޓެޑްގެ ކުރިމަތިލުންތަކުގެ މުހިންމުކަން އެނގޭނެ ކަމަށެވެ. އެހެންކަމުން، އެ ލެވަލްގެ މެޗަކަށް ތައްޔާރުވާއިރު، އޭނާ ވިސްނަން ޖެހޭ ބައިވަރެއް ކަންކަން އެބަހުރި ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

"މީހަކު ބުނެދިނުމަށް ވުރެ އަހަރެން އަމިއްލަ ނަފްސަށް ވެސް މި މެޗުގެ ހާއްސަކަން، ބޮޑުކަން ވަޒަންކުރެވޭ. އަހަރެެން އަބަދުވެސް ލިވަޕޫލާ އެކު މި ނުކުންނަނީ ހާއްސަ މެޗަކަށް،" ސްލޮޓް ބުންޏެވެ.

ޓެން ހާގަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ނޫން ކަމަށާއި މީގެ ކުރިން ޔުނައިޓެޑް ދަނޑުގައި ކުރި ތަޖުރިބާ ވެސް ހަނދާނުގައި އެބަހުރި ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

އެ ގޮތުން، ފެޔަނޫޑް ގޮވައިގެން ޔުނައިޓެޑް ދަނޑުގައި 4-0 އިން ބަލިވި ނަމަވެސް، މި ފަހަރު ޔުނައިޓެޑާ ކުޅެން މި ދަނީ، މާ ރަނގަޅު ޓީމަކާ އެކު ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox