ލޭގެ ކެންސަރު ޖެހުނު ޑިފެންޑަރު ބަމްބާ 39 އަހަރުގައި މަރުވެއްޖެ

Sep 1, 2024, 4:37 AM
ލޭގެ ކެންސަރު ޖެހުނު ޑިފެންޑަރު ބަމްބާ 39 އަހަރުގައި މަރުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 1) - ލީޑްސް ޔުނައިޓެޑާއި ކާޑިފް ސިޓީ އަށް ކުރިން ކުޅުނު އައިވަރީ ކޯސްޓުގެ ޑިފެންޑަރު، ސޯލް ބަމްބާ، 39 އަހަރުގައި މަރުވެއްޖެ އެވެ.

ބަމްބާ ވަނީ، 2021 ވަނަ އަހަރު ލޭގެ ކެންސަރު ޖެހިގެން ފަރުވާ ހޯދައިފަ އެެވެ. އަދި އެ ބަލިން ހަތަރު މަސް ދުވަހުގެ ފަރުވާ އަށް ފަހު، އެއްކޮށް ފަސޭހަވި ނަމަވެސް ފަހުން އޭނާ އަށް އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވި އެވެ.

ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ބަމްބާ ވަނީ އިނގިރޭސި ކްލަބް މިޑްލްސްބަރާ އަށް ވެސް ކުޅެފަ އެވެ. އަދި ކާޑިފުން 2018 ވަަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވިއިރު، ޓީމު ލީޑުކުރުުމުގައި ތަފާތު ދެއްކި އެއް ކުޅުންތެރިއަކީ ބަމްބާ އެވެ.

ތުރުކީގެ އަދަނަސްޕޯގައި ފުޓްބޯޅައިގެ މަސައްކަތްތަކެއް ކުރަމުން އައި ބަމްބާ މަރުވިކަން އިއުލާނުކުރީ އެ ކްލަބުންނެވެ.

ކްލަބް ކެރިއަރުގައި ބަމްބާ ވަނީ، އިނގިރޭސި ކްލަބް، ލެސްޓާ ސިޓީ އާއި އިޓަލީގެ ޕަލާމޯ އާއި ސްކޮޓްލެންޑްގެ ހިބާނިއަން އަށް ކުޅެފަ އެވެ.

ޕްރޮފެޝަނަލް ލެވަލްގައި 20 ވަރަކަށް އަހަރު މަތީ ފަންތީގައި ކުޅެފައިވާ، ބަމްބާ ވަނީ އައިވަރީ ކޯސްޓް ގައުމީ ޓީމަށް 46 މެޗު ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox