ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ފައިނަލްގައި ބައްދަލުކުރާނީ އަމިއްލަ އާއި ފިނޮޅު

Sep 1, 2024, 4:16 AM
ސީސީ އިންޓަ ރިސޯޓް ކްރިކެޓް. މުބާރާތުގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ސީސީ އިންޓަ ރިސޯޓް ކްރިކެޓް. މުބާރާތުގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ފައިނަލުން އަމިއްލަ މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސް ފުރުސަތު ހޯދައިފި އެވެ.

މިއީ، ސީސީން މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ސޮނޭވާފުށި ވަނީ މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ކަޓައިފަ އެވެ.

ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ސޮނޭވާފުށިން ނުކުތީ އަމިއްލައާ ދެކޮޅަށެެވެ. އެ ގޮތުން، ފުރަތަމަ ކުޅެން އަރައި، އަމިއްލަ އިން ވަނީ އަށް އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 101 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ސޮނޭވާފުށިން ކުޅެން އަރައި، 7.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 72 ލަނޑެވެ.

އަމިއްލަ އިން ފައިނަލުގެ ޖާގަ ޔަގީންކުރީ 29 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، އަމިއްލަ ޓީމުގެ މަމުން އެވެ.

ދެ ވަަނަ ސެމީ ފައިނަލުގައި ފިނޮޅު ބައްދަލުކުރީ ދުސިތު ތާނީއާ އެވެ. މި މެޗުން ފިނޮޅު މޮޅުވީ 10 ލަނޑުންނެވެ.

ފިނޮޅުން ވަނީ އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 85 ލަނޑު ހަދައިފަ އެވެ. ދުސިތަށް އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 75 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފިނޮޅުގެ ސަންތޯ އެވެ.

އަށް ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އޭދަފުށީ ވެލި ދަނޑުގައި މިއަދު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox