ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދީމާ އާއި މުންސިފް އަށް

Aug 30, 2024, 3:24 PM
އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި މުންސިފް (ކ) އާއި ދީމާ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

އެސޯސިއޭޝަން ކަޕްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި މުންސިފް (ކ) އާއި ދީމާ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ޑިވިޝަން އެކެއްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދު ހޯދިއިރު، އަންހެން ޗެމްޕިއަންކަން، ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކުރިއިރު، މިދިޔަ އަހަރު ފިރިހެން ޑިވިޝަން ކާމިޔާބުކުރި މުހައްމަދު ޝައްފާން އިސްމާއިލް، ގައުމުގައި ނެތުމުން މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ.

ޝައްފާން މިދިޔަ އަހަރު ތަށި ހޯދީ ފައިނަލުގައި މުންސިފް ބަލިކޮށްފަ އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލްގައި މުންސިފް ވަނީ ފޯރިގަދަ މެޗަކަށް ފަހު، ސްރީލަންކާގެ ރަސިކާ މަނޯޖް އަތުން 4-3 އިން މޮޅުވެފަ އެވެ. މެޗުގައި، ފުރަަތަމަ ސެޓު، މަނޯޖް 11-09 އިން ގެންގޮސްފައިވަނިކޮށް، މުންސިފް ވަނީ ދެން ކުޅުނު ތިން ސެޓު، 08-11، 08-11 އދި 11-07 އިން ގެންގޮސްފަ އެވެ. އެކަމަކު، މަނޯޖް ވަނީ ދެން ކުޅުނު ދެ ސެޓު، 11-06 އާއި 11-04 އިން ގެންގޮސް، ނަތީޖާ ނެރޭ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. މުންސިފް އެ ސެޓުން ކުރިހޯދީ 11-13 އިންނެވެ.

އަންހެން ޑިވިޝަން ފައިނަލުގައި ދީމާ ވަނީ، 4-0 އިން ރަފާގެ މައްޗަށް ކުރިހޯދައިފަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ، 12-10، 11-07، 11-03 އަދި 11-06 އިންނެވެ.

ދީމާ ވަނީ މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި 19 އަަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން، އަހްޔާރު އަހުމަދު ހާލިދުއާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ. އެކަމަކު، ދީމާ އާއި އަހްޔާރު އަށް ޑިވިޝަން އެކެއްގެ މިކްސް ޑަބަލްސް އިން ލިބުނީ ރަނަރަޕް އެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހްޔާރު އެވެ. އަދި އަހްޔާރު ވަނީ ޑިވިޝަން އެކެއްގެ ފިރިހެން ޑަބަލްސްގެ ރަނަރަޕް ހޯދައިފަ އެވެ. އެއީ، އިބްރާހިމް އައުޒަމް އަޒީމްއާ އެއް ޕެއާ އަކަށް ކުޅެގެންނެވެ.

މުންސިފް ވަނީ، ފިރިހެން ސިންގަލްސްގެ އިތުރުން، ޑިވިޝަން އެކެއްގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، އަލީ އާދަމް މަނިކް (އަލިބެ)އާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ލިބުނީ މުންސިފް އާއި ރަފާގެ ޕެއާ އަށެވެ.

އުމުރުފުރާ ކެޓަގަރީތަކަށް ބަލާއިރު، 13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި، މުހައްމަދު ހަލަފް ރާފިއު ވަނީ 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، އުމެއިރު މުހައްމަދު މުއިއްޒުއާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، އުމެއިރު ވަނީ އެ އުމުރުފުރާގެ ޑަބަލްސްގެ އިތުރުން، 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ޒީކް ހަސަން ލަތީފްއާ އެއް ޕެއާ އަކަށް ކުޅެެގެން ހޯދައިފަ އެވެ. އަދި 17 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ރަނަރަޕްކަން ހޯދީ އުމެއިރު އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އައިޝަތު އަލްސާ ނާފިޒު ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލްސާ އާއި އައިޝަތު މަލަކް މުއިއްޒުގެ ޕެއާ އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، ޒީކް ވަނީ އެ އުމުރުފުރާގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަމާއި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ، މިކްސް ޑަބަލްސް ކުޅުނީ މިންހާ މަހުޖޫބު ޝުޖާއުއާ އެއް ޕެއާ އަށެވެ. އަދި ޒީކް ވަނީ މިންހާއާ އެއް ޕެއާ އަށް ކުޅެގެން، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ރަނަރަޕް ހޯދުމުގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދައިފަ އެވެ.

ޑިވިޝަން ދޭއްގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އަޒީމް ޝިހާމް އެވެ. އެ ޑިވިޝަނުގެ އަންހެން ޗެމްޕިއަންކަން، ފާތިމަތު ފަޒްލާ ރަޝީދު ހޯދިއިރު، ވެޓެރަންސް ޗެމްޕިއަނަކީ، އަލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox