ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ކޯޓަށް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު ރާފިއު.--- ފޮޓޯ: އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ސްޕޯޓްސް ކޮމިޝަނަރު ތޮލާލް (ކ) އާއި ކުޅިވަރާ ބެހޭ ވަޒީރު ރާފިއު.--- ފޮޓޯ: އަދަދު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، "އެކްސް" (ކުރިން ޓްވިޓާ)ގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ޤައުމީ މަޖިލިސް) އާއި ޙަވާލު ކުރުމަށް ނިންމާ، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފަ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި،" ތޮލާލް ކުރެއްވި ޕޯސްޓުގައިވެ އެވެ.

ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް، އާދިއްތަ ދުވަހު މެންދުރު ފަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެއީ، ބެޑްމިންޓަން އެސޯސިއޭޝަނުން، ކުޅިވަރާ ބެހޭ މިނިސްޓްރީއާ ދެކޮޅަށް، ހުށަހަޅާފައިވާ މައްސަލައިގެ، ޖުޑީޝަލް ރިވިއުގެ ދަޢުވާގެ އަޑުއެހުމެކެވެ.

ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށް ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ވަނީ ބުނެފައި

ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވަކީލު، އަލީ ސައީދު "އަދަދު ސްޕޯޓްސް" އަށް ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބީއޭއެމް އިން ކޯޓަށް މައްސަލަ ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުން ތަންފީޒުކޮށްފިނަމަ، ދުނިޔޭގެ މައި ބެޑްމިންޓަން ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ އަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައިވާ ކަމެވެ.

އެ ގޮތުން، ބީޑަބްލިއުއެފް އިން ފޮނުވާފައިވާ ލިޔުމުގައި، އަންގާފައިވަނީ، މިހާރު އޮތް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެންމެ ފަހުގެ އިންތިހާބީ ލީޑަޝިޕުން އެސޯސިއޭޝަން ހިންގުމުގެ މަސައްކަތް ކުރާއިރު، ބީޑަބްލިއުއެފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ބީއޭއެމްގެ ލީޑަޝިޕް އެކުލަވާލާ ތިން މެމްބަރުންގެ އެޑް ހޮކް ކޮމިޓީ އަކުން މި އަހަރުގެ ނިޔަލަށް މަސައްކަތްކޮށް، ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ގޮތަށް އިންތިހާބަކާ ހަމައަށް ދިއުމަށެވެ.

އެ ގޮތުން، ބީޑަބްލިއުއެފްގެ މި އެންގުމާ އެއްގޮތަށް އަަމަލުކުރުމަށްޓަކައި، ބެޑްމިންޓަން އެސޯސިއޭޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމާފައިވާ ނިންމުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރަކަށެެވެ.

މިއީ މި އަހަރު ތެރޭ، ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލައެއް ކޯޓުގައި ކުރިއަށްދާ ދެ ވަނަ ފަހަރެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ ރައީސަކަށް ހުންނެވި، މޫސާ ނާޝިދު، ހައި ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް ވެސް މައްސަލައެއް ކުރިއަށްގެންދިޔަ އެވެ.

ހައި ކޯޓުގައި ކުރިއަށްގެންދިޔަ މައްސަލައިގައި މޫސަ ވަނީ އޭނާއާ މެދުގައި ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މުހާތަބު ނުކުރެވޭނެ ކަމަށާއި އޭނާ އަކީ އެއްވެސް އުޖޫރައެއް ސަރުކާރުން ލިބޭ މީހެއް ނޫން ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަގެ ތިން ވަނަ ދައުރުގެ ރަސްމީ މުއްދަތު ހަަމަވިތާ ހަތަރު މަސް ފަހުން އޭނާ މިދިޔަ މަހު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މޫސަ އާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ވަގުތު ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އޮފީސް، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމަކުން މިއަދު ރެއިޑްކޮށްފަ އެެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ވަކީލު، އަލީ ސައީދު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، އޭސީސީން ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށްފައި، ބަލާ ފާސްކުރާ އަމުރެއް ނެރުމަށް އެދި އެ ކޮމިޝަނަށް އަންގާފައިވާނެ ކަމަށެވެ.

ބަލައި ފާސްކުރުމުގެ އަމުރު އޭސީސީން ނެރެފައިވަނީ ގާނޫނީ ކޮން މާއްދާއެއްގެ ދަށުން ކަމަށާއި އަމުރުގެ ދަށުން ހޯދަން އެދޭ ލިޔެކިޔުންތަކަކީ ކޮބައިކަމާއި ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް އެއްވެސް ތުހުމަތެއް އޮތްނަމަ އެކަން ހިއްސާކޮށްދޭން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އޭސީސީގައި އެދިފަ އެވެ.

އެހެންވުމާ އެކު، މި ކަންކަން ފުރިހަަމަނުވެ، އޭސީސީ އާއި ފުލުހުންގެ ޓީމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރެއިޑެއް ކުރިއަށްގެންދެވިފައިނުވާ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ، މީގެ އެއް ދުވަސް ކުރިން، އޭސީސީ އަށް ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލަ އެއް ހުށަހަޅައިފަ އެވެ. އެ ގޮތުން، ރިވައިވަލް އިން ހުށަހެޅީ، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާ އަށާއި ގައުމީ ބެޑްމިންޓަން ޓީމުގެ ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫންގެ މުސާރަ އަށް އެސޯސިއޭޝަނުން ހިޔާނާތްވެފައިވާތީ، އެ މައްސަލަތައް ބެލުމަށް އެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox