ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ސެމީ ފައިނަލުގައި އަމިއްލަ އާއި ސޮނޭވާފުށި، ދުސިތު އާއި ފިނޮޅު

Aug 29, 2024, 5:27 AM
ސީސީ އިންޓަ ރިސޯޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާންފޮޓޯސް

ސީސީ އިންޓަ ރިސޯޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ރައްޔާންފޮޓޯސް

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ސޮނޭވާފުށްޓާއި އަމިއްލަ މޯލްޑިވްސް ބައްދަލުކުރަން ޖެހުނުއިރު، އަނެއް ސެމީގައި ދުސިތު ތާނީ މޯލްޑިވްސް ކުރިމަތިލާނީ ފިނޮޅު މޯލްޑިވްސްއާ އެވެ.

އިއްޔެ ވަނީ ގްރޫޕް އޭގެ ފަހު މެޗާއި ގްރޫޕް ބީގެ ފަހު މެޗު ކުޅެފަ އެވެ.

އޭދަފުށީ ވެލި ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރީ، ފުރަތަމަ މެޗުތަކުން ބަލިވެ، ކުރިއަށްދިއުމުގެ ފުރުސަތު ގެއްލިފައިވާ އަނަންތަރާ އާއި މިލައިދޫ އެވެ. މި މެޗު، 67 ލަނޑުން ކާމިޔާބުކުރީ އަނަންތަރާ އެެވެ.

އަށް އޯވަރަށް ކުޅޭ މި މުބާރާތުގައި، މިލައިދޫން ފުރަތަމަ ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި، ހަ ވިކެޓަށް ވަނީ 100 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި، އަނަންތަރާ އިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭ އެއް ވިކެޓަށް ވަނީ 167 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، އަނަންތަރާގެ އަބޫ ހުސެއިން އެވެ.

އިއްޔެގެ ދެ ވަނަ މެޗުން ދުސިތު ވަނީ އަވަނި+ފަރެސް މޯލްޑިވްސް އަތުން ބަލިވެފަ އެވެ. މެޗަށް ނުކުތްއިރު ވެސް ދުސިތު އަށް ވަނީ ސެމީގެ ފުރުސަތު ލިބިފަ އެވެ. އަވަނިން މެޗުން މޮޅުވީ، 36 ލަނޑުންނެވެ. އަވަނިން އަށް އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވިއިރު، 128 ލަނޑު ހެދި އެވެ. ދުސިތުން އަށް އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 92 ލަނޑެވެ.

ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. ސޮނޭވާފުށްޓާއި އަމިއްލަ ބައްދަލުކުރާ މެޗު 15:00 ގައި ފަށާއިރު، ދުސިތުން ފިނޮޅާ ދެކޮޅަށް ކުޅޭނީ، 16:30 ގަ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox