އޮލްމޯ ފުރަތަމަ މެޗުގައި ވެސް ގޯލު ޖަަހައި ބާސެލޯނާ މޮޅުކޮށްދީފި

Aug 28, 2024, 3:30 AM
އޮލްމޯ ފުރަތަމަ މެޗުގައި ވެސް ގޯލު ޖަަހައި ބާސެލޯނާ މޮޅުކޮށްދީފި

މެޑްރިޑް (އޮގަސްޓް 28) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ޑަނީ އޮލްމޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ޖެހި ގޯލުން އެ ޓީމުން 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފި އެވެ.

މީގެ ވިއްސަކަށް ދުވަސް ކުރިން އާރްބީ ލައިޕްޒިގަށް 65 މިލިއަން ޑޮލަރު ދީފައި ބާސެލޯނާ އިން އޮލްމޯ ގަތް ނަމަވެސް، ރެއާ ހަމައަށް އޭނާ އަށް އެއްވެސް މެޗެއްގައި ނުުކުޅެވެ އެވެ. ބާސެލޯނާގެ މާލީ ހާލަތު ހުރިގޮތުން، އޮލްމޯ ރަޖިސްޓްރީ ކުރެވުނީ ވެސް ރޭގެ މެޗު ފަށަން ކުޑަތަންވެފައި ވަނިކޮށެވެ. އޮލްމޯ، ފުރަތަމަ ފަހަރަށް ބާސެލޯނާ އަށް މެޗެއް ކުޅުނުއިރު، ނުކުތީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގަ އެވެ.

ރަޔޯ ވަޔެކާނޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ނުވަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އުނާއި ލޮޕޭޒް އެވެ. މި ގޯލާ އެކު، ރަޔޯ ވަޔެކާނޯ އިން ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ.

ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރީ އެވެ. މި ގޯލުގައި ރަފީނިއާ އާއި ޕެޑްރީގެ ކޮމްބިނޭޝަން ރަނގަޅަށް ފެނިގެންދިޔަ އެވެ.

މެޗުގެ ތިން ޕޮއިންޓް، ބާސެލޯނާ އަށް ކަށަވަރުކޮށްދިން ގޯލު އޮލްމޯ ޖެހީ، 82 ވަނަ މިނިޓްގައި ރަޔޯ ވަޔެކާނޯގެ އޭރިއާތެރެއިންނެވެ. ބާސެލޯނާގައި 2007-2014 އަށް ހޭދަކުރި އޮލްމޯ އަކީ އެ ކްލަބްގެ ޔޫތު ޓީމުތަކުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާ ދޫކޮށް އޮލްމޯ ވަނީ، 2014 ވަނަ އަހަރު ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ބަދަލުވެފަ އެވެ. އެހެންކަމުން، މި ގޯލަކީ އޮލްމޯގެ ކުރީގެ ކްލަބަށް އެނބުރި އައިސް 10 އަހަރު ފަހުން ސީނިއާ ޓީމުގައި ޖެހި ފުރަތަމަ ގޯލެވެ.

ބާސެލޯނާ އިން މި ވަނީ ޖަރުމަނުގެ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ލީގު ސީޒަންގެ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox