ޔުވެންޓަސްގެ ކިއޭސާ ގަންނަން ލިވަޕޫލުން ޝައުގުވެރިވެއްޖެ

Aug 27, 2024, 3:13 AM
ޔުވެންޓަސްގެ ކިއޭސާ ގަންނަން ލިވަޕޫލުން ޝައުގުވެރިވެއްޖެ

ލިވަޕޫލް (އޮގަސްޓް 27) - ޔުވެންޓަސް އަށް ކުޅޭ އިޓަލީ ގައުމީ ޓީމުގެ ފޯވާޑް، ފެޑެރީކޯ ކިއޭސާ ގަންނަން އިނގިރޭސި ގަދަބާރު ލިވަޕޫލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ތިއާގޯ މޮޓާ ހަވާލުވުމަށް ފަހު އެ ކްލަބުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ކިއޭސާ ހިމެނި އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ޓީމަކަށް ކިއޭސާ ހިތްހަމަޖެހޭ ޕްރޮޕޯސަލެއް ނުދެވޭތީ އޭނާ އަދިވެސް ހުރީ ޔުވެންޓަސްގަ އެވެ.

ކިއޭސާ، 26، އަށް ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން އޮފާ ލިބުނު ނަމަވެސް އޭނާގެ ވިސްނުމަކީ، ކެރިއަރުގެ މުހިންމު އަަހަރުތަކެއް ކުރިމަތީގައި އޮތުމުން، މި ވަގުުތު ޔޫރަޕްގައި ކުޅެން މަޑުކުރުމަށެވެ. ސްޕެއިނުގެ ބާސެލޯނާ އިން ވެސް ކިއޭސާ ގެންނަން މަޝްވަރާތަކެއް ކުރި ނަމަވެސް، ރަސްމީކޮށް އެއްވެސް ބިޑެއް ހުށަނާޅަ އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޓްރާންސްފާ މާކެޓް އޮތްއިރު، ލިވަޕޫލުން މި ވަނީ ކިއޭސާ ގަންނަން ވާހަކަތައް ފަށައިފަ އެވެ. ޔުވެންޓްސް އިން އެންމެ ފުރަަތަމަ ކިއޭސާ ވިއްކަން ކީ އަގު 30 މިލިއަން ޑޮލަރުގައި އުޅުނު ނަމަވެސް، މިހާރު އެ އަގު ވަނީ 15-20 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެެވެ.

ކިއޭސާ އަށް ކުރިން އޮތް ޑިމާންޑް ކުޑަވެފައި ވަނީ އޭނާ އަށް ދިމާވި އަނިޔާގެ މައްސަލަތަކާ ހުރެ ފޯމު ދަށްވެފައިވާތީ އެވެ.

މި ފަހަރުގެ ސީޒަން ފެށިއިރު، ލިވަޕޫލުން އެއްވެސް ކުޅުންތެރިއަކު ސޮއިނުކުރެ އެވެ. އެކަމަކު، ޓްރާންސްފާގެ ފަހު ދުވަސްތަކުގައި ލިވަޕޫލްގެ ހަރަކާތްތައް އެކްޓިވްކޮށް ފެންނައިރު، އެ ކްލަބުން ވަނީ ވެލެންސިއާ އަށް ކުޅޭ ޖޯޖިއާގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީގެ ސޮއިހޯދަން އެއްބަސްވުމަކަށް އަތުވެފަ އެވެ. މަމަޑާޝްވިލީ، ލިވަޕޫލަށް ސޮއިކުރިޔަސް، މި ސީޒަނުގައި މަޑުކުރާނީ ވެލެންސިއާގަ އެވެ.

ލިވަޕޫލުން އަންނަނީ ކްރިސްޓަލް ޕެލަސްގެ އިނގިރޭސި ޑިފެންޑަރު، މާކް ގޭހީ އާއި ބަޔާ ލެވަކޫސަންގެ ޕިއޭރޯ ހިންކަޕީ އަށް ވެސް ފާރަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox