ބޮޑު މުސާރައަކަށް ވުރެ ޑިބާލާ އަށް މުހިންމުވީ އަމިއްލަ ކެރިއަރު

Aug 26, 2024, 8:03 AM
ބޮޑު މުސާރައަކަށް ވުރެ ޑިބާލާ އަށް މުހިންމުވީ އަމިއްލަ ކެރިއަރު

ރޯމް (އޮގަސްޓް 26) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ގަދްސިއާ އިން ހުށަހެޅި ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓަށް ފުރަގަދަސްދިނުމަށް ފަހު ރޯމާގައި މަޑުކުރަން ނިންމީ އަމިއްލަ ކެރިއަރާއި ހިތްހަމަޖެހުމަށް ވިސްނުމަށް ފަހު ކަމަށް ޕައޮލޯ ޑިބާލާ ބުނެފި އެވެ.

ގަދްސިއާ އިން ޑިބާލާ އަށް ހުށަހެޅި ކޮންޓްރެކްޓުގައިވާ ގޮތުން، ތިން އަހަރު ތެރޭ އޭނާ އަށް 75-80 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެކަމަކު، ޑިބާލާ، އެންމެ ފަހު ވަގުތު ނިންމީ ރޯމާގައި މަޑުކުރާށެވެ.

މި ސީޒަނުގައި ރޯމާގެ 15 މެޗުގައި ޑިބާލާ ކުޅެފިނަމަ އޭނާގެ ކޮންޓްރެކްޓް އޮޓޯމެޓިކުން އިތުރު އަހަރަކަށް އާ ވާނެ އެވެ.

ޔުވެންޓަސް ދޫކޮށް، 2022 ވަނަ އަހަރު، ޑިބާލާ، ރޯމާ އަށް ބަދަލުވިއިރު، މުސާރަ އަށް ބޯނަހާ އެކު ވެސް ސީޒަނެއްގައި ލިބެނީ، 10 މިލިއަން ޑޮލަރެވެ. ޑިބާލާ، އަށް ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ސައުދީ ލީގުން އައުމުން ބަދަލުވި ނުވި ސަަބަބު އޭނާ ވަނީ އޮޅުންފިލުވައިދީފަ އެވެ.

"އެންމެން ވެސް އަހާނެ ފައިސާގެ ވާހަކަ. އަހަންނަށް ކަންކަން ނިންމާއިރު ވިސްނަން ޖެހޭ ކަންކަން ގިނަ. އަހަރެންގެ އާއިލާ، އަހަރެންގެ އަންހެނުން، އުޅޭ ސަރަހައްދު، ދެން އަލުން ގައުމީ ޓީމަށް އަރަން ވެސް ބޭނުން،" ޑިބާލާ ބުންޏެވެ.

"އަހަރެންގެ އުމުރުން 30 އަހަރު، އަހަންނަށް ފެނޭ ވަރަށް ގިނައިން އިންޖަރީއާ ގުޅުވާ ވާހަކަތައް، އަހަރެން މަސައްކަތް ކުރަނީ ފިޓްކޮށް ހުންނަން،"

ޑިބާލާ ބުނީ، އޭނާ ގޮތެއް ނިންމަނީ ހަމައެކަނި ފައިސާ އަށް ބަލައިފައި ނޫން ކަަމަށެވެ. އަދި ސައުދީގެ ކްލަބުން އޭނާގެ ނިންމުމާ މެދު ދެކޭގޮތެއް އޮޅުންފިލުވުމުގެ ޝައުގެއް ނެތް ކަމަށް ވެސް ޑިބާލާ ވަނީ ބުނެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox