ނޯމަލައިިޒިން ކޮމިޓީގެ ބޮޑު ޒިންމާ މާލީ މަސައްކަތާ ގުޅިފައި

ފީފާ އިން އައްޔަނުކުރި އެފްއޭއެމް ނޯމަަލައިޒިން ކޮމިޓީގެ މެމްބަރުން.---

ފީފާ އިން އައްޔަނުކުރި އެފްއޭއެމް ނޯމަަލައިޒިން ކޮމިޓީގެ މެމްބަރުން.---

"މި ކޮމިޓީގައި ނެތެންނު، ފުޓްބޯޅަ ދަންނަ ބައެއް،"

"ފުޓްބޯޅައިގައި އުޅުނު ބައެއް ވެސް މިތާގައި ނެތް، ދެން ކިހިނެއް މި ކަން ކުރަނީ،"

މިއީ، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ހިންގުން ނޯމަލައިިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމުމާ އެކު، ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް އެކި ޕްލެޓްފޯމްތަކުގައި، އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޝުއޫރުތަކެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމިކަން އިއުލާނުކުރި އެވެ. ގިނަ ފަރާތްތަކެއްގެ ސީވީ ހޯދައި، އިންޓަވިއުތަކެއް ވެސް ކުރިއަށް ގެންދިއުމަށް ފަހު، ފީފާ އިން ނޯމަލައިޒިން ކޮމިޓީއެއް އެކުލަވާލީ މީގެ ފަސް ދުވަސް ކުރިންނެވެ.

"އަދަދު ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި، އެފްއޭއެމްގަޔާއި ކުޅިވަރުގައި މަސައްކަތް ކުރުމާއި ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނާ ގުޅޭ ކަންކަމާ އެކްޓިވްކޮށް ޝާމިލުވާ ބައެއް ފަރާތްތަކުން އަމިއްލަ އަށް ވެސް މި ކޮމިޓީގެ ޖާގައެއް ހޯދަން އެދި މަސައްކަތްތަކެއް ކުރި އެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުުގައި، ފީފާ އިން ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ނިންމާލިއިރު، ފުޓްބޯޅައިގެ ހިންގުމުގެ ކަންކަމުގައި އުޅޭ މީހުން ނެގުމަށް ވުރެ މި ވަގުތު މާލީ ގޮތުން ބަލަން ޖެހޭ ކަންކަމަށް އިސްކަން ދޭން ނިންމީ އެވެ.

މީގެ ކުރިން، ފީފާ އިން އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރި ދެ ފަހަރަށް ބަލާއިރު، ފީފާ އިން 2008 އާއި 2013 ގައި ރާއްޖޭގެ ފުޓްބޯޅަ ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމީ ހިންގުމުގައި ހުރި މައްސަލަތަކެއް ފާހަގަކުރުމަށް ފަހު އެވެ.

އެ ގޮތުން، 2008 ވަނަ އަހަރު ނެގި ނޯމަލައިޒިން ކޮމިޓީގެ ރައީސަކީ ފުޓްބޯޅައިގެ އެކިއެކި މަސައްކަތުގައި އުޅުއްވާ، މަޝްހޫރު މެޗު ކޮމިޝަނަރު، އަހުމަދު ޝާހިރު އެވެ. އަދި އެ ކޮމިޓީގައި ހިމެނެނީ، މި ވަގުުތު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު، އިބްރާހިމް އާމިރު (ސަލްސާ)ގެ އިތުރުން، އަހުމަދު ހަފީޒް (ޑިކޭ)، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އެއް ވަނަ ފޯވާޑް އަދި މި ފަހުން ވެސް އެފްއޭއެމްގެ އެކި ޒިންމާތައް އަދާކުރި، ޝާހު އިސްމާއީލް (ސާޔާ) އަދި އަހުމަދު އިގުބާލް އެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު އެފްއޭއެމް ނޯމަލައިޒްކުރިއިރު، އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް، ތަޖުރިބާކާރު މެޗު ކޮމިޝަނަރު، އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

އެކަމަކު، މި ވަގުތު ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު، އެފްއޭއެމް އޮތީ މާލީ ގޮތުން އިންތިހާ އަށް ގޯސް ހާލަތެއްގަ އެވެ. އަދި އެސޯސިއޭޝަން ބަނގުރޫޓް ވާހާ ދަރަނި ބޮޑެވެ. އެސޯސިއޭޝަނަށް ކުރިއަށް ފިރުކިލެވެން ވެސް އޮތީ ދަރަނިތަކާ މެދު ގޮތެއް ނިންމައިގެންނެވެ. އެ ހުރިހާ ކަމަކަށް ރިއާޔަތްކުރަން ބަލާއިރު، ނޯމަލައިޒިން ކޮމިޓީ ނެގުމުގައި ފީފާގެ ވިސްނުން ގެންގުޅެން ޖެހުނީ، އެސޯސިއޭޝަނަށް އަމިއްލަ ފައިމައްޗަށް ކިރިޔާ ވެސް ތެދުވެވޭނެ ގޮތެއް ހޯދުމަށް ކަމަށް އެނގިފައިވެ އެވެ.

"ފީފާ އިން މި ފަހަރު ނޯމަލައިޒިން ކޮމިޓީ ނެގިއިރު، ޕްރައިމް ކަމެއްގެ ގޮތުގައި ބެލީ، މާލީ ގޮތުން ކިހާ ފުންމިނަކަށް ގޮސްފައި ހުރި ކަންތައްތަކަަކުންތޯ މި އަަރައިގަންނަން ޖެހެނީ، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމަށް މި ކުރަނީ، އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްވުމާއި މަނީ ލޯންޑަރިންގެ ތުހުމަތު، އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް އެ ހުރީ ކޯޓުގައި ފުނިޖެހިފައި، މުވައްޒަފުންނަށް ނުދީ ހުރި މުސާރަ ޕެންޑިންގައި، މުވައްޒަފުންްގެ ޕެންޝަން ފައިސާ ކަނޑާފައި، އެ ވެސް ވީނުވީ އެއް ނޭނގެ، ފީފާ އިން ދިން ކޮވިޑް ލޯނަށް ވީ ގޮތެއް ވެސް ނޭނގެ، މި ކަންކަން އެނގިގެން، ވީ ނުވީ އެއް ބަލައިގެން ނޫނީ ކުރިއަށް ދެވޭނެ ގޮތެއް ނެތް،" ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާ ހުރި ފަރާތެއް "އަދަދު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެހެންކަމުން، ފީފާ އިން މި ހުރިހާ ކަމަކަށް ފުންކޮށް ބަލައި، ދިރާސާކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު، ނޯމަލައިޒިން ކޮމިޓީ ފައިނަލް ކުރީ އެވެ.

މި ފަހަރު ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަންކަން ހަވާލުކުރެއްވީ، ކުރީގެ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވި، އަހުމަދު ޒުހޫރުއާ އެވެ. ދެން، އޭގެ އިތުރުން ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީ އެވެ.

އެކިއެކި ވުޒާރާތަކުގައި މަތީ މަގާމުތަކެއް ފުރުއްވުމުގެ އިތުރުން ޒުހޫރަކީ، އެކައުންޓިން އާއި ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މުއިއްޒު އަކީ، ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލެކެވެ. ފަރީހާ އަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން އެވެ. ފަރީހާ ވަނީ އެކައުންޓިން އާއި ފައިނޭންސް ދާއިރާ އިން މުހިންމު ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވައިފަ އެވެ.

ކޮމިޓީގައި ދެން ހިމެނޭ އެއް މެމްބަރު ކަމަށްވާ އަހްމަދު އަލީ ގާނޫނީ ދާއިރާ އަށް ފަރިތަ ބޭފުޅެކެވެ. ފައިނޭންޝިއަލް ކްރައިމްސްއާ ގުޅޭ ކަންކަން ހޯދުމުގެ ގާބިލުކަން ވެސް ހުންނެވި އަހުމަދު ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު އަދާކުރައްވައިފަ އެވެ. ކޮޮމިޓީ މެމްބަރު، އިސްމާއިލް ސިމަން އަކީ ގާނޫނީ ވަކީލެކެވެ.

ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން ޒުހޫރު، މީޑިއާ އަށް ދެއްވި އިންޓަވިއުގައި ވެސް ފާހަގަކުރެއްވި ކަމަކީ، ފީފާ އިން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުމަށް ބަލާއިރު، ކޮމިޓީގައި ތިބި މެމްބަރުންނަކީ ފުޓްބޯޅައިގެ ތަޖުރިބާ ނެތް ބަޔަކު ކަމުގައި ބެލުމުގެ ފުރުސަތު އޮތް ކަމުގައި ވިޔަސް އެއީ ކުރަން ހުރި މަސައްކަތްތައް ކުރަން މައްސަލައެއް ނޫން ކަމަށެވެ.

ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާއިރު، އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން ހިމެނެ އެެވެ. އޭގެ އިތުރުން، އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން ވެސް ހިމެނެ އެވެ. އަދި ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުމަކީ ވެސް ކޮމިޓީގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާ އެކެވެ.

"އެފްއޭއެމްގައި ސަލާމަތުން ހުރީ ކިހާ އެސެޓެއްތޯ ވެސް ބަލަން ޖެހޭ. ނުގަވައިދުން ސިއްރު އެއްބަސްވުންތަކެއް ހަދައިގެން، އަމިއްލަ މަންފާ އަށް އެފްއޭއެމްގެ އެސެޓްތައް ބޭނުންކޮށްފައި ހުރި ކިހާ ކަމެއްތޯ ވެސް ބަލަން ޖެހޭ. ފުޓްބޯޅަ ކުރިއަށްދާނީ މި ކަންކަން ބެލިގެން، ނޫނިއްޔާ އަނެއްކާ ފުޓްބޯޅަ ފަށައިގެން ރަނގަޅު ކުރަން އުޅުނަސް، ދެން އަންނަ ބަޔަަކު ވެސް ކަންކުރާނީ މި ގޮތަށް،" ނޯމަލައިޒިން ކޮމިޓީގެ މަސައްކަތާ ގުޅޭގޮތުން، ވާހަކަދެއްކި، ކުޅިވަރު އެޑްމިނިސްޓްރޭޝަނުގައި މަސައްކަތްކުރާ އިސް ފަރާތެއް "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނޯމަލައިޒިން ކޮމިޓީ އަށް މެންޑޭޓްތައް ދީފައިވާއިރު، އެ ޒިންމާތައް އަދާކުރަން ނޯމަލައިޒިން ކޮމިޓީން ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދާނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސް އާއި އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރާނެ އެވެ. އަދި އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުމުގެ ކަންކަން ވެސް ކުރާނެ އެވެ.

ނޯމަލައިިޒިން ކޮމިޓީ އަށް ދީފައިވާ މުއްދަތުގެ ތެރޭގައި ކަންކަން ފުރިހަމަ ނުކުރެވިއްޖެނަމަ، އެ ކޮމިޓީގެ މުއްދަތު ފީފާ އިން އިތުރުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox