މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ސަރުކާރުން ބީއެމްއެލްއަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ: ފައްޔާޒު

މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ސަރުކާރުން ބީއެމްއެލްއަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ: ފައްޔާޒު

ދައުލަތުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސިޓީއެއް ވަނީ ފޮނުވާފަ އެވެ. ނަމަވެސް, އެގޮތަށް ބޯޑު މެންބަރުން ވަކި ކުރާކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ފައްޔާޒު ވިދާޅުވީ ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ ބޭންކަށް މިނިވަންކަމާއެކު އޮޕަރޭޓު ކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

Advertisement

އިގުތިސޯދީ ކާރިސާއެއްގެ ތުންފަތްމަތީގައި ގައުމު އޮތް ވަގުތެއްގައި އައިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު ބީއެމްއެލްގެ ބޯޑުން ވަކިކުރުން ފައްޔާޒު ސިފަކުރެއްވީ މޮޔަ ކަމެއްގެ ގޮތުގަ އެވެ.

"މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި އަޅުގަނޑުމެންގެ މާލީ ނިޒާމާ މެދު ނޭދެވޭ ވިސްނުމެއް އުފެދިގެންދާނެކަން ޔަގީން," ފައްޔާޒު ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން، މިދިޔަ ޖެނުއަރީ 25 ގައި ވެސް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ ހުރިހާ ނޮން-އެގްޒެކެޓިވް މެމްބަރުން އެ މަގާމުތަކުން ވަކިކުރި ކަމަށް ބުނެ ސިޓީ ފޮނުވި އެވެ.

ނަމަވެސް ބޭންކުގެ ހިންގާ ގަވާއިދުގައި އެގޮތަށް އަމަލު ކުރަން ތަން ނުދޭތީ އެފަހަރު ވެސް އެ ނިންމުން ބަދަލު ކުރީ އެވެ.

""މާލީ ނިޒާމުގައި ނުތަނަވަސްކަން އުފެދި، ދައުލަތުގެ މާލީ ހާލާތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، މިއީ ކަންބޮޑުވާ ފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް," މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހަޅައިގެން ބޭންކަށް އައްޔަނުކުރާ ފަރާތްތަކެކެވެ. އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ލިބެނީ ހަތް ޑިރެކްޓަރުން އައްޔަނުކުރާށެވެ. ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ހިއްސާދާރުން އިންތިހާބުކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަނުކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.

ސަރުކާރުން ހުށަހަޅާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ސަރުކާރުގެ ހިއްސާތައް ހިމެނޭގޮތަށް ނަގާ ޕޯލްއަކުން، އަހަރީ އާންމު ޖަލްސާގަ އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ ނަންތައް، ހަމަ އެ ޖަލްސާގައި، ފާސްކުރަނީ ހަމައެކަނި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ޕޯލްއަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox