ސްޕެނިޝް ލަލީގާގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ދައްކާނެ

ސްޕެނިޝް ލަލީގާގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ދައްކާނެ

ރެއަލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑްފަދަ ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ތަރިން ހިމެނޭ ޓީމުތައް ކުޅޭ ފުޓުބޯޅަ ލީގު، ސްޕެނިޝް ލީގުގެ މެޗްތައް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓު ހިދުމަތުން ދިވެހިންނަށް ބެލޭވޭނެ އެވެ.

އައު ސީޒަނާ ކުރިމަތިލާއިރު ފުޓުބޯޅައިގެ ދުނިޔޭގެ ބޮޑެތި ނަންތަކެއް މިއަހަރު މިލީގުން ފެނިގެންދާނެ އެވެ. އެގޮތުން މިވަގުތު ދުނިޔޭގަ ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ގަބޫލުކުރާ ފްރާންސްގެ ކީލިއަން އެމްބާޕޭ ވަނީ ރިއަލް މެޑްރިޑާ ގުޅިފަ އެވެ.

އޭގެއިތުރުން ޒުވާން ތަރިން ކަމުގައިވާ ބްރެޒިލްގެ އެންޑްރިކް އަދި ތުރުކިޔޭގެ އާދާ ގުލާ ވެސް ރެއަލް މެޑްރިޑްއިން ފެނިގެންދާނެ އެވެ.

ބާސެލޯނާއަށް ބަލާއިރު ޔޫރޯ ޗެމްޕިއަންކަން ހޯދި ސްޕެއިން ޓީމުގައި އެންމެ އިސް ރޯލެއް އަދާކޮށް ރަންބޫޓު ހާސިލްކުރި ސްޕެއިންގެ ޑެނީ އޮލްމޯ ވަނީ އެޓީމާ ގުޅިފަ އެވެ. އެހެންކަމުން ސްޕެއިން ދެ ތަރިން ކަމުގައިވާ ލަމީން ޔަމާލް އަދި ޑެނީ އޮލްމޯގެ މޮޅު ކުޅުން ބާސެލޯނާ ޓީމުން ފެނިގެންދާނެ އެވެ.

އެތުލެޓިކޯ މެޑްރިޑަށް އަލަށް ގުޅުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއަކީ މެންޗެސްޓަރ ސިޓީއިން އެޓީމަށް ބަދަލުވި އާޖެންޓީނާގެ ފޯވަޑް ޖޫލިއަން އަލްވަރޭޒް އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ މެޗު އޮތީ މިރޭ 22:00 ގައި އެޓްލެކެޓިކް ކްލަބާ ދެކޮޅަށެވެ. އަދި ރިއަލް މެޑްރިޑް މެޗް އޮތީ މާދަމާ ރޭގަނޑު 20:00 ޖަހާއިރު އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގުގެ މެޗުތައް ދިވެހިންނާއި ހިސާބަށް ގެނެސްދިނުމަށް މީޑިއާނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދާދި ފަހުން ނިމުނު ނިމިގެންދިޔަ ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޯރޓްސް އިވެންޓް "ޕެރިސް އޮލިމްޕިކްސް 2024" ވެސް ވަނީ އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓުން ގެނެސްދީފަ އެވެ.

މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް އައިސް ނެޓްވޯކު މެދުވެރިކޮށް ލަލީގާގެ މެޗުތައް ވަގުތުން ބެލޭނެ އެވެ.

ބައިނަލްއަގްވާމީ ފުޓުބޯޅަ ލީގުތައް ފެށުމާ ދިމާކޮށް މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން ޕެކޭޖު އަޕްގްރޭޑްކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ސެޕްޓެމްބަރު، 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ އިނާމު ތަކުގެ ތެރޭގައި 65 އިންޗީގެ ޓީވީ، އެއަރޕޮޑްސް ޕްރޯ ސެކަންޑް ޖެން އަދި ގޫގްލް ކްރޯމްކާސްޓް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox