ޗެމްޕިއަން ލެވަކޫސަނުން ލީގުގެ ފުރަތަމަ މޮޅު ހޯދީ ފަހު ވަގުުތު

Aug 24, 2024, 6:31 AM
ޗެމްޕިއަން ލެވަކޫސަނުން ލީގުގެ ފުރަތަމަ މޮޅު ހޯދީ ފަހު ވަގުުތު

މިއުނިކް (އޮގަސްޓް 24) - އިތުރު މިނިޓްގެ ވެސް ފަހު ވަގުތު ލަނޑު ޖަހައި، ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން މޮޅުވެ، ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން މި ފަަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ރަށުންބޭރުގައި ކުޅުނު ނަމަވެސް ލެވަކޫސަނުން ރޭގެ މެޗު ފެށީ ވަރުގަދަކޮށެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި ލެވަކޫސަނުގެ މެދުތެރެއަށް ކުޅޭ ގްރޭނިޓް ޝަކާ އޭރިއާބޭރުން ޖެހި ބާރު ޝޮޓަކުން ކާމިޔާބުކުރި ގޯލާ އެކު ލީޑުނެގި އެވެ. މުންޗެންގްލަޑްބެކަކީ ކުރިން ޝަކާ ކުޅުނު ޓީމު ކަމަށްވުމުން މި ލަނޑަށް ފަހު، އޭނާ އުފާފާޅުނުކުރެ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަނުން ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ ފްލޯރިއަން ވާޓްޒް އެވެ. މެޗުގެ 38 ވަނަ މިނިޓްގައި، ލެވަކޫސަންގެ އަލެހަންދްރޯ ގްރިމާލްޑޯގެ ޝޮޓް ބްލޮކްވިއިރު، އަލުން ފޮނުވާލަން ފުރުސަތު ލިބުނު، ވާޓްޒް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީޑުގައި އޮވެގެން ފުރަތަމަ ހާފު ނިންމާލި ލެވަކޫސަނަށް ދެ ވަނަ ހާފު ފަށައިގެން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އެ ގޮތުން، މުންޗެންގްލަޑްބެކް އިން ވަނީ ދެ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. މުންޗެންގްލަޑްބެކްގެ ފުރަތަމަ ލަނޑު ޖެހީ، 59 ވަނަ މިނިޓްގައި ނިކޯ އެލްވޭޑީ ބޮލުންނެވެ. އަދި މުންޗެންގްލަޑްބެކް އަށް އެއްވަރުކޮށްދިނީ 85 ވަނަ މިނިޓްގައި، ޓިމް ކްލެއިންސްޑިއެންޓް އެވެ.

އެކަމަކު، އިތުރު ވަގުތުގެ 11 ވަނަ މިނިޓްގައި ވާޓްޒް ވަނީ ޕެނަލްޓީއެއްގެ ރީބައުންސް ގޯލަށް ފޮނުވާލައި، ލެވަކޫސަން މޮޅުކޮށްދީފަ އެވެ. ލެވަކޫސަންގެ އަމީން އަދީލަށް ކުރި ފައުލަަކަށް ލިބުނު ޕެނަލްޓީން ވާޓްޒް ފޮނުވާލި ބޯޅަ މުންޗެންގްލަޑްބެކްގެ ކީޕަރު، ޖޮނަސް އޮމްލިން އަތުގައި ޖެހިފައި ނުކުތް ވަގުތު ވާޓްޒް ވަނީ ދެ ވަނަ ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox