ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ފުރަތަމަ މޮޅު އަމިއްލަ އާއި ދުސިތު އަށް

Aug 23, 2024, 6:57 PM
ސޮނޭވާފުށްޓާއި ދުސިތު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ސޮނޭވާފުށްޓާއި ދުސިތު ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުތަކުން އަމިއްލަ މޯލްޑިވްސް އާއި ދުސިތު ތާނީ މޯލްޑިވްސް އިން މޮޅުވެއްޖެ އެވެ.

އަށް ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ އަށް އޯވަރަށެވެ.

އޭދަފުށީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި، އަމިއްލަ މޯލްޑިވްސް އިން ބައްދަލުކުރީ، މިލައިދޫ މޯލްޑިވްސްއާ އެވެ. މި މެޗުން މިލައިދޫ އިން ތިން ވިކެޓަށް 60 ލަނޑު ހެދިއިރު، އަމިއްލަ އިން ވަނީ ތިން ވިކެޓަށް 61 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.

މެޗުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނީ، އަމިއްލަ ޓީމުގެ އަބޫ ސައީދު މަމޫން އެވެ.

ދެ ވަަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އަމިއްލަ އިން ކުޅެން އަރައި، ހަ ވިކެޓަށް 94 ލަނޑު ހެދި އެެވެ. ޖަވާބުގައި ދުސިތުން ކުޅެން ނުކުމެ، ދެ ވިކެޓަށް ވަނީ 95 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ދުސިތުގެ އެލް. ޖީ. އަޝަން މަަދުޝަންކަ އެވެ.

މި މުބާރާތުގައި، ގްރޫޕް އޭގައި ހިމެނެނީ، މިލައިދޫ، އަމިއްލަ، ފިނޮޅު އަދި އަނަންތަރާ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ، ދުސިތު، ސޮނޭވާފުށި، ރޯޔަލް އައިލެންޑް އަދި އަވަނި+ފަރެސް އެވެ.

މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި، ފިނޮޅު ކުޅޭނީ އަނަންތަރާއާ އެވެ. ދެ ވަނަ މެޗުގައި، ރޯޔަލް ބައްދަލުކުރާނީ އަވަނިއާ އެވެ. ފުރަތަމަ މެޗު، 15:00 ގައި ފަށާއިރު، ދެ ވަަނަ މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox