ޝަމީމް އިސްތިއުފާ ދެއްވުމުން ވެސް، މަޖިލީހުން އޭނާ ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޝަމީމް އިސްތިއުފާ ދެއްވުމުން ވެސް، މަޖިލީހުން އޭނާ ވަނީ ވަކިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޝަމީމް އިސްތިއުފާ ދެއްވުމުން ވެސް، މަޖިލީހުން އޭނާ ވަނީ ވަކިކޮށްފައި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން މިރޭ އިސްތިއުފާ ދެއްވުމުން ވެސް، ރައްޔިތުންގެ މަޖިލިސް ރިސެސްއަށް ދިޔުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައި އޭނާ ވަކިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިއަށްދިޔަ ޖަލްސާގައި ޥޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

ޝަމީމް ވަކިކުރުމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، އެއް މެންބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

ޝަމީމް މަގާމުން ވަކި ކުރުމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިއަދު އެވެ.

އެ މައްސަލައަށް މިރޭ ބަހުސް ކުރައްވަމުން ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ވަނީ ޝަމީމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޖަލްސާގައި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ޝަމީމް އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވޯޓު ނެންގެވުމާ ހަމައަށް ވެސް ތަކުރާރުކޮށް ވިދާޅުވީ އިސްތިއުފާގެ ސިޓީ ލިބުނުކަން ރައީސް އޮފީހުން މަޖިލީހަށް ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ.

"އެ މައްސަލަ ދިރާސާ ކުރައްވައި، އެ ތުހުމަތުތަކާ ގުޅިގެން އަޅުގަނޑަށް ޖަވާބުދާރީވާން މިއަދު، 22 އޮގަސްޓް 2024 ދުވަހު ތާވަލު ކުރެއްވި، އެ ކޮމިޓީގެ 19 ވަނަ ބައްދަލުވުން އާންމުކޮށް ހުޅުވާލައިގެން ބާއްވައި ދެއްވުމަށް އަޅުގަނޑު ތަކުރާރުކޮށް އެދިފައިވަނިކޮށް، އެކަމަށް ނުބައްލަވައި، މަޖިލީހުގެ ގަވާއިދުގައި ކޮމިޓީގެ ޖަލްސާތައް ސިއްރުކުރުމާބެހޭ ގޮތުން ހުރި އިޖުރާއަތުތަކާ ހިލާފަށް، އެ ކޮމިޓީގެ ޖަލްސާތައް ގެންދަވާފައިވޭ،" އިސްތިއުފާ ދިން ސަބަބު ހާމަކުރައްވަމުން ޝަމީމް ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އަޅުގަނޑު ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާވެސް ހިލާފު ކަމަކަށްވާތީ، މިކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފިން،"

ކޮމިޓީ ބައްދަލުވުމަށްފަހު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި "މަގާމު ބޭނުންވެގެން" އުޅޭ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމަށް އިޝާރާތް ކުރައްވައި، މަގާމުން ދުރުކޮށްފާނެ ހާލަތެއް އައިސްދާނެ ކަން އަބަދުވެސް ދަނެގެން މަސައްކަތް ކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިއީ އިތުބާރު ނެތިގެން ހިނގާ ކަމެއް ނޫން. މިއީ މުޅިން އެހެން ގޮތަަކަށް ހިނގާ ކަމެކޭ. އެއީ ރާއްޖޭގެ ކަންކަން އަދި ހިނގާ ގޮތޭ. އެކަމުގައި ޝަކުވާއެއް ވެސް ނެތޭ،" ޝަމީމް ވިދާޅުވި އެވެ.

އޭނާއަށް ނުފޫޒު ފޯރުވަމުން އަބަދުވެސް އެކި ދިމަދިމާލުން މަސައްކަތްކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ޝަމީމަށް ނުފޫޒު ނުފޯރުވޭނެ ކަން ނުފޫޒު ފޯރުވަން މަސައްކަތް ކުރަން އުޅެފައިވާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox