ދިޔަމިގިލި ފެނުގެ ނިޒާމުގެ 80 ޕަސަންޓު ނިމިފައި ވަނިކޮށް ސާމަނުތައް އެހެން ރަށަކަށް

ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ސައިޓުން ނެރިގެން ގެންދަނީ -- ފޮޓޯ: އަދަދު

ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ސައިޓުން ނެރިގެން ގެންދަނީ -- ފޮޓޯ: އަދަދު

ތ. ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ 80 ޕަސަންޓް މަސައްކަތް ނިމިފައި ވަނިކޮށް، އެ މަޝްރޫއަށް ގެނައި ފެން ޕްލާންޓް އެހެން ރަށަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މަޝްރޫއު ކުރިއަށް ގެންދާ ފެނަކަ ކޯޕަރޭޝަނުން ވަނީ ފެން ޕްލާންޓް މަސައްކަތު ސައިޓުން ނެރެ، އެހެން ރަށަކަށް ގެންދަން ޖެޓީ މައްޗަށް ގެންގޮސްފަ އެވެ.

"ފެނަކައިން ސާމާނުތަކެއް ނެރެފި. އެ ގެންދަނީ ކޮން ރަށަކަށް ކަމެއް ނޭގޭ. ވަރަށް ކަންބޮޑުވާ ކަމެއް މި ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ 80 ޕަސަންޓު މަސައްކަތް ގާތްގަނޑަކަށް ނިމިފައި ވަނިކޮށް މިހެން ހެދުން،" ދިޔަމިގިލި ކައުންސިލްގެ ރައީސް އަހުމަދު މޫސާ "އަދަދު" އަށް ވިދާޅުވި އެވެ.

Advertisement
ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ގެންދަނީ -- ފޮޓޯ: އަދަދު
ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ގެންދަނީ -- ފޮޓޯ: އަދަދު

ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ގެނައި ފެން ޕްލާންޓް ގެންދަނީ -- ފޮޓޯ: އަދަދު

މި ސަރުކާރު އައި ފަހުން ރަށުގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ކުރިއަށް ނުދާކަން ފާހަގަކުރައްވާ އަހުމަދު މޫސާ ވިދާޅުވީ އެ ސާމާނު އެހެން ތަނަކަށް ގެންދިޔުމުން ދޭހަވަނީ ރަށުގައި އެއްވެސް ކަމެއް ކޮށްދިނުމުގެ ނިޔަތެއް ސަރުކާރުގައި ނެތުން ކަމަށެވެ.

އަހުމަދު މޫސާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޭގެއަށް ބޭނުންވާ ފެން ހޮޅިތައް ވެސް ވައްދާފަ އެވެ. އަދި މިހާރު އޮންނާނީ އާރްއޯ ޕްލާންޓް ބަހައްޓައި އިންސްޓޯލް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް މިހާތަނަށް ނުލިބެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އިތުރުން އެހެނިހެން ތަރައްގީގެ މަޝްރޫއުތައް ވެސް ވަނީ ހުއްޓިފަ އެވެ. މިހެން ދިމާވީ ކުރީ ސަރުކާރުން ބަޖެޓު ފައިސާ ހަމަނުޖައްސާ މަޝްރޫއުތައް ފެށުމުން ކަމަށް އަދުގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މީގެ ކުރިން ވެސް ރަށްރަށުގައި ހިންގަމުންދިޔަ މަޝްރޫއުތަކަށް ގެނެސްފައި ހުރި ސާމާނު އެހެން ރަށްރަށަށް ގެންދާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox