މަޖިލިސް މެންބަރު ސައްތާރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ކޯޓަށް ދިއުމުން އޭޖީ އޮފީހުގެ އިއުތިރާޒެއް

ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު: ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ދިއުމުން އޭޖީ އޮފީހުގެ އިއުތިރާޒު - ފޮޓޯ: މަޖިލީސް

ހޮޅުދޫ ދާއިރާގެ މެންބަރު ސައްތާރު: ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ދިއުމުން އޭޖީ އޮފީހުގެ އިއުތިރާޒު - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ވަކާލާތު ކުރުމަށް ހައި ކޯޓުގައި އޮތް އަޑުއެހުމަކަށް މިއަދު ވަޑައިގަތުމުން މަޖިލިސް މެންބަރުންނަށް ވެސް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ މައްސަލައަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ރައްދުވާ ގޮތަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެކެވެ. މެންބަރު ސައްތާރު ކޯޓަށް ވަޑައިގަތީ އެލްޖީއޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތް ތަމްސީލްކުރައްވާ ގާނޫނީ ވަކީލުގެ ހައިސިއްޔަތުންނެވެ.

މީގެ ކުރިން ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ދައުލަތުގެ ވަޒީފާގައި ހުންނަ ފަރާތަކަށް ވަކާލާތު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހައި ކޯޓުގައި ހިނގި މައްސަލައެއްގެ އަޑުއެހުމެއްގައި ފާހަގަކޮށްފައިވާތީ، އެކަމާ ގުޅޭ ގޮތުން މި މައްސަލައިގެ ބެންޗުން ވެސް ސުވާލުކުރި އެވެ.

Advertisement

ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މެންބަރު ސައްތާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ކޯޓުގައި އަމިއްލަ ފަރުދެއް ތަމްސީލްކޮށް ގާނޫނީ ވަކީލެއްގެ ގޮތުގައި ވަކާލާތު ނުކުރެވޭނެ ކަމަށް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނާއި ގާނޫނީ ފަންނުގެ ގާނޫނުގައި ވެސް މަނާކޮށްފައިވާ އިބާރާތެއް ނެތް ކަމަށެވެ.

"އަދި މިއީ ކުރިން ވެސް ޕްރެކްޓިސް ކުރަމުން އައިސްފައިވާ ކަމެއް،" ސައްތާރު ވިދާޅުވި އެވެ.

ދެން ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ސުވާލުކުރެއްވީ ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރަކަށް ވުމުން މިފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް މަސްލަހަތު ފުށުއެރުމަކަށް ނުވާނެތޯ އެވެ. އެއީ ޖުޑީޝަރީ ކޮމިޓީއަކީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް ދިރާސާކޮށް ގޮތެއް ނިންމުމުގެ ބާރު އޮންނަ ކޮމިޓީއަކަށް ވާތީ އެވެ.

"މަޖިލިސް މެންބަރަކަށް ވުރެ ދާއިރާ ހަނިވީނޫންތޯ، ޖުޑިޝަރީ ކޮމިޓީގެ މެންބަރަކަށް ވުމުން، ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭ ގޮތުން ގޮތެއް ނިންމާފައި ވަކިކުރަން ވުމުން ދެން އެންމެ ފުރަތަމަ ފޮނުވާ ތަނަކީ އެއީ ނޫންތޯ،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ސައްތާރު ވިދާޅުވީ އެއީ ވަކާލާތު ނުކުރެވޭ ސަބަބެއް ގޮތުގައި ނުދެކޭ ކަމަށެވެ. އެކަމަކު ޖުޑިޝަރީ ކޮމިޓީގެ މެންބަރަކަށް ވާތީ އެ ގޮތަށް ދެކުމުގެ ފުރުސަތު އޮންނާނީ ޝަރީއަތުން ގޮތެއް ނިންމުމަށް ސައްތާރު އެދިވަޑައިގަތެވެ. އަދި އެއީ މަސްލަހަތު ފުށު އަރާ ކަމެއް ގޮތުގައި ދެކޭނަމަ ތަނާޒުލް ވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެލްޖީއޭ ތަމްސީލްކުރުމަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވި އޭޖީ އޮފީހުގެ ވަކީލު ވިދާޅުވީ އެ އޮފީހުގެ ސްޓޭންޑަކީ ނުވަތަ ގަބޫލުކުރާ ހަމައަކީ ހަމަ ދައުލަތުގެ މުސާރައެއްގައި ވަޒީފާ އަދާކުރާ އެއްވެސް ބޭފުޅަކަށް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުން ނިންމައިލެއްވީ ދެން އޮންނަ އަޑުއެހުމަށް ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox