ޖޭ ޝާހު، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗެއާމަނަކަށް: ރިޕޯޓް

Aug 22, 2024, 7:05 AM
ޖޭ ޝާހު، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ޗެއާމަނަކަށް: ރިޕޯޓް

މުމްބާއި (އޮގަސްޓް 22) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ޗެއާމަނަކަށް ކްރިކެޓް ބޯޑް އޮފް އިންޑިއާ (ބީސީސީއައި)ގެ ސެކްރެޓަރީ، ޖޭ ޝާހު ހަމަޖައްސަން ނިންމާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިސީސީގެ ޗެއާމަން، ގްރެގް ބާކްލޭ ވަނީ މި އަހަރުގެ ނޮވެމްބަރުގައި އޭނާގެ ދައުރު ހަމަވުމުން އިތުރު ދައުރަކަށް ދެން ކުރިމަތިނުލަން ނިންމައިފަ އެވެ. އަދި އެކަން، ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި، ބާކްލޭ ވަނީ އޮސްޓްރޭލިއާ ކްރިކެޓް ބޯޑްގެ ޗެއާމަން، މައިކް ބެއާޑްއާ ހިއްސާކުރައްވައިފަ އެވެ.

ބާކްލޭ، މިހާރު ފުރިހަމަ ކުރައްވަމުން އަންނަނީ، އައިސީސީގެ ޗެއާމަންގެ މަގާމުގެ ދެ ވަނަ ދައުރެވެ. އޭނާ ފުރަތަމަ މަގާމަށް އައީ 2020 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. އަދި 2022 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުވި އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އައިސީސީގެ ޗެއާމަންގެ މަގާމަށް ޖޭ ޝާހު ގެންނަން، އިންޑިއާ އާއި އޮސްޓްރޭލިއާ އަދި އިންޑިއާގެ ކްރިކެޓް ބޯޑުން ތާއީދުކުރެ އެވެ. އަދި ޖޭ ޝާހު ވަނީ، އެ މަގާމަށް އައުމުގެ ގޮތުން، އެކި ގައުމުތަކާ ވެސް މަޝްވަރާކުރައްވައިފަ އެވެ.

މީގެ ކުރިން، އިންޑިއާގެ ހަތަރު ފަރާތެއް ވަނީ، އައިސީސީ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އެއީ، އައިސީސީގެ ރައީސަކަށް 1997-2000 އަށް ޖަގްމޯހަން ދަލްމިޔާ، 2010-2012 އަށް ހުންނެވި ޝަރަދު ޕަވަރުގެ އިތުރުން، ޗެއާމަނަކަށް 2014-2015 އަށް ހުރި ސްރިނިވާސަން އާއި 2015-2020 އަށް ހުންނެވި ޝަޝާން މަނޯހަރު އެވެ.

އައިސީސީގެ ޗެއާމަނަކަށް ދެން އަންނާނެ ކަމަށް ބެލެވޭ ޖޭ ޝާހު އަކީ، އިންޑިއާގެ ހޯމް މިނިސްޓަރު، އަމިތު ޝާހުގެ ދަރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox