ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި މި ފަހަރު 8 ރިސޯޓް

Aug 21, 2024, 2:22 PM
ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި މި ފަހަރު 8 ރިސޯޓް

ބ. އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް ޖުމްލަ އަށް ރިސޯޓާ އެކު މި މަހު 23 ވަނަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

މިދިޔަ އަހަރު މުޅިން އަލަށް ސީސީން ރިސޯޓްތަކަށް މިދިޔަ އަހަރު ބޭއްވި ކްރިކެޓް މުބާރާތުގެ ފޯރި އަށް ބެލުމަށް ފަހު، މި ފަހަރުގެ މުބާރާތް ވެސް ބާއްވަން ނިންމާފައިވާއިރު، އަށް ރިސޯޓަކުން ވާދަކުރަން ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރިސޯޓްތަކަކީ، ސޮނޭވާފުށި، ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ، މިލައިދޫ މޯލްޑިވްސް، ދުސިތު ތާނީ މޯލްޑިވްސް، ފިނޮޅު މޯލްޑިވްސް، އަމިއްލަ މޯލްޑިވްސް، އަވަނި+ފަރެސް މޯލްޑިވްސް އަދި އަނަންތަރާ ކިހާވަށް މޯލްޑިވްސް އެވެ.

ސީސީން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ނިންމާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ، މިލައިދޫ، އަމިއްލަ، ފިނޮޅު އަދި އަނަންތަރާ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ، ދުސިތު، ސޮނޭވާފުށި، ރޯޔަލް އައިލެންޑް އަދި އަވަނި+ފަރެސް އެވެ.

އޭދަފުށީގައި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށްގެންދާއިރު، މި މަހު، 23 ވަނަ ދުވަހު، ހަވީރު ފުރަތަމަ މެޗުގައި މިލައިދޫ ކުޅޭނީ އަމިއްލައާ އެވެ.

މިިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސޮނޭވާފުށިންނެވެ. އެއީ ފައިނަލުގައި، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓާ ވާދަކޮށެވެ.

ރިސޯޓް ކްރިކެޓް މުބާރާތްތަކީ، މި ފަހުން ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ މުބާރާތްތަކެކެވެ. އެއީ ރިސޯޓްތަކުގައި މަސައްކަތްކުރާ ކްރިކެޓް ސަޕޯޓަރުން އަދި އެ ކުޅިވަރު ކުޅެން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވިފައި އޮންނަ ޕްލެޓްފޯމެކެވެ. ބ. އަތޮޅަކީ، ނިސްބަތުން ބަލާއިރު، ރާއްޖޭގެ އެންމެ ރިސޯޓްގިނަ އަތޮޅެކެވެ. އެހެންކަމުން، ސީސީން އިންތިޒާމްކޮށްގެން މި ބާއްވާ ކްރިކެޓް މުބާރާތަށް ލިބޭ ތަރުހީބަށް ބަލާއިރު، މިއީ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުރިއެރުން ހޯދާނެ މުބާރާތަކަށްވުމުގެ ފުރުސަތު ބޮޑެވެ.

މި ފަހަރުގެ ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ، "އަދަދު ސްޕޯޓްސް" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox