14 އަހަރަށް ފަހު ނިމުމެއް: ޕީއެފްއޭގެ އެވޯޑްތައް ފޯޑެން އާއި ޕާމާ އަށް

Aug 21, 2024, 3:21 AM
14 އަހަރަށް ފަހު ނިމުމެއް: ޕީއެފްއޭގެ އެވޯޑްތައް ފޯޑެން އާއި ޕާމާ އަށް

ލަންޑަން (އޮގަސްޓް 21) - ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޗެލްސީގެ ކޯލް ޕާމާ އަށް ލިބިއްޖެ އެވެ.

މިއީ، 2010 ވަަނަ އަހަރުގެ ފަހުން، އިނގިރޭސި ދެ ކުޅުންތެރިންނަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެ ފަހަރު ހޯދީ ޖޭމްސް މިލްނާ އެވެ. އަދި ޒުވާން ކުޅުންތެރިއާގެ އެވޯޑް، ވޭން ރޫނީ ހޯދި އެވެ.

ޕީއެފްއޭގެ ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ފޯޑެން އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، މިދިޔަ ސީޒަނުގައި ލީގުގައި އޭނާ ވަނީ، 35 މެޗުން 19 ލަނޑު ޖަހައިފަ އެވެ. ފޯޑެން އަކީ، މިދިޔަ ސީޒަނުގައި ސިޓީން ޖެހިޖެހިގެން ހަތަރު ފަަހަރު ލީގު ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ފޯޑެންއާ ވާދަކުރީ ސިޓީގެ ރޮޑްރީ އާއި އާލިން ބްރައުޓް ހާލަންޑް އެވެ.

ފޯޑެން، 23، އަކީ އެ އުމުރުގައި، ހަ ލީގު ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާ އެެވެ.

ސިޓީ ދޫކޮށް، ފުރަތަމަ ސީޒަނުގައި، ޗެލްސީ އަށް މޮޅު ކުޅުމެއް ދެއްކި ޕާމާ ވަނީ ލީގުގައި ކުޅުނު 34 މެޗުން 22 ލަނޑު ޖަހައިފަ އެވެ. ޕާމާއާ މި އެވޯޑަށް ވާދަކުރީ، އާސެނަލްގެ ބުކާޔޯ ސަކާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox