ލަންކާގެ އިންޓަރިމް ކޯޗަކަށް ނޭޕާލްގެ ކުރީގެ ކޯޗު މުތައިރީ ހަމަޖައްސައިފި

Aug 20, 2024, 4:43 PM
ލަންކާގެ އިންޓަރިމް ކޯޗަކަށް ނޭޕާލްގެ ކުރީގެ ކޯޗު މުތައިރީ ހަމަޖައްސައިފި

ކޮލަމްބޯ، ސްރީ ލަންކާ (އޮގަސްޓް 20) - ސްރީ ލަންކާ ފުޓްބޯޅަ ޓީމުގެ އިންޓަރިމް ކޯޗަކަށް ކުރިން ނޭޕާލަށް އިރުޝާދުދިން ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ހަމަޖައްސައިފި އެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ގެންގޮސްދީ، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދައިދިން މުތައިރީ ލަންކާއާ ހަވާލުވީ، އަންނަ މަހު ކެމްބޯޑިއާއާ ދެކޮޅަށް ލަންކާ އިން ކުޅޭ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގެ މެޗުތަކަށެވެ.

އެ ގޮތުން، ސެޕްޓެމްބަރު މަހު، ފަސް ވަނަ ދުވަހު ކޮލަމްބޯގައި ލަންކާ އިން ކެމްބޯޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ. އަދި އޭގެ ފަސް ދުވަސް ފަހުން ކެމްބޯޑިއާގެ ހޯމް މެޗު އޮންނާނެ އެވެ.

މުތައިރީ އަށް ކޯޗުކަން ދިނީ، ސްރީ ލަންކާ ފުޓްބޯލް އެސޯސިއޭޝަނާއި އޮސްޓްރޭލިއާގެ ކުރީގެ ފޯވާޑް ޓިމް ކޭހިލް އަދި ގަތަރުގެ އެސްޕަޔާ ނެޓްވޯކާ ގުޅިގެންނެވެ.

ލަންކާއާ ހަވާލުވެހުރި، އިނގިރޭސި ކޯޗު އެންޑީ މޮރިސަން އަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ، އޭނާ ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ ބްރޭކެއް ނަގައިފަ އެވެ. އެ މުއްދަތާ ދިމާވީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ލަންކާ އާއި ކެމްބޯޑިއާ މެޗު ތާވަލުކުރި ދުވަސްވަރަށެވެ. މުތައިރީ ގެނައީ، މި ވަގުތަށެވެ. މުތައިރީ، ލަންކާގެ ކޯޗަކަށް ހަމަޖެއްސިއިރު، ކެމްބޯޑިއާ މެޗުގެ ނަތީޖާތައް ބަލާފައި، މުތައިރީ އަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ ފުރުސަތު އެބައޮތެވެ.

އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)އާ ގިނަ މައްސަލަތަކެއް ޖެހުނު، މުތައިރީ ވަނީ، ނޭޕާލް ކޯޗަކަށް ހުރިއިރު، އެ ގައުމާ އެކު، ދިގު ކޮންޓްރެކްޓެއްގައި ވެސް ސޮއިކޮށްފަ އެވެ. އެކަމަކު، އަހަރަކަށް ވުރެ ގިނަ ދުވަހު އޭނާ އަށް އެ ޓީމުގެ ކޯޗުކަން ނުކުރެވުނެވެ.

އޭއެފްސީ ޕްރޯ ލައިންސަންސް ކޯޗު، މުތައިރީ ވަނީ، ނޭޕާލްގެ ކޯޗަކަށް ހުރެ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ކަންކަމަށް ވެސް ފާޑުކިޔައިފަ އެވެ.

ކިރްގިސްތާންގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދިން މުތައިރީ، ނޭޕާލް ކޯޗުކަން ދޫކޮށްލުމަށް ފަހު، ދެން، މުތައިރީ ފެނުނީ އަފްގާނިސްތާންގެ ކޯޗުގެ މަގާމުންނެވެ. މިދިޔަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި އަފްގާނިސްތާނުން ބަންގްލަދޭޝާ ކުޅެމުން، މުތައިރީ އާއި ބަންގްލަދޭޝްގެ ކޯޗިން ސްޓާފުންނާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެ ސަބަބުން، ފަހުން އަފްގާނިސްތާނުން ވަނީ މުތައިރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.

ލަންކާ އަށް ދާދި ފަހުން، ކޯޗުކޮށްދިން ބޮސްނިއާގެ އާމިރު އަލަގިޗް އަކީ، ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ކުރު މުއްދަތަކަށް މަސައްކަތްކުރި ކޯޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox