ގޯތިތައް "ފޭރިގަތުން" ހުއްޓުވުމަށް މުޒާހަރާއަށް ނުކުންނަން ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަނުން ގޮވާލައިފި

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ގުރުއަތު ނެގުމުގެ ތެރެއިން: މާލޭ ސަރަހައްދުން ގޯތި ދޫކުރީ 40 އަހަރު ފަހުން-- ފޮޓޯ: އަދަދު

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ގުރުއަތު ނެގުމުގެ ތެރެއިން: މާލޭ ސަރަހައްދުން ގޯތި ދޫކުރީ 40 އަހަރު ފަހުން-- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ބަހުސް ކުރަމުންދަނީ މާލެ ރައްޔިތުންނަށް ދީފައިވާ ގޯތިތައް ނުދީ ވާނެ ގޮތެއް ވޭތޯ ބަލަން ކަމަށާއި ގޯތިތައް އަތުލުމަށް މަޖިލިސް މެންބަރުން ކުރާ މަސައްކަތް ހުއްޓުވުމަށް މުޒާހަރާއަށް ނުކުތުމަށް ގުޅީފަޅު އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ކޮންމެ ދުވަހަކު މަޖިލީހުގައި މެންބަރުން ބަހުސް ކުރަމުންދަނީ ގޯތިތައް ނުދީ ވާނެ ގޮތެއް ވޭތޯ ބަލަން ކަމަށާއި އެންމެފަހުން އިއްޔެ މަޖިލީހުގެ ތަޅުމުގައި ގޯތިތައް އަތުލަން ގޮވައިލި ގޮވައިލުން ކުށްވެރި ކުރާ ކަމަށެވެ.

"40 އަހަރު ފަހުން ހިތަށް ލިބުނު ފިނިކަން މިއަދު ފޭރިގަންނަން އެކުރާ މަސައްކަތް އަޅުގަނޑުމެން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުްގެ ފަރާތުން ހަރު އަޑުން ކުށްވެރި ކުރަން، އަދި ގޯތިތައް ފޭރެން މަޖިލިސް މެންބަރުން އެ ކުރާ މަސައްކަތް ހުއްޓުވުމަށް މުޒާހަރާއަށް ނުކުތުމަށް ގުޅީފަޅުން ގޯތި ލިބިލެއްވި އެންމެހައި ބޭފުޅުންގެ އަރިހުން އެދެން،" އެ އެސޯސިއޭޝަންގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ގުޅީފަޅު އެސޯސިއޭޝަނުން މިފަދަ ޕޯސްޓެއް ކޮށްފައި މިވަނީ، އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ފަޅުން ގޯތި ދޭ ގާނޫނެއް ނެތް ކަމަށާއި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަޅުން ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވައިލުމާ ގުޅިގެންނެވެ. އޭނާއަކީ ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ މެންބަރެކެވެ.

އެމްޑީއޭގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އައްބާސް ވިދާޅުވީ ގޯތިތައް ދީފައި ހުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި، ގޯތިތައް ދީފައި ހުރީ ރަނގަޅަށް ކަމަށް ހަދައިގެން އެ ހުރިހާ ގޯތިތަކެއް ދޭން އުޅެނީ ކީއްކުރަންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އައްބާސް މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަ ކުށްވެރިކޮށް ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަނުން ކުރި ޕޯސްޓުގައި ބުނީ ގޯތިތަކާ ކުޅުމަކީ ލެޔާ ކުޅުން ކަމަށެވެ. އަދި، ދެން މަޑުން ނުތިބޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

"މިހާރު އެ ކުޅުއްވަނީ ލެޔާ، ދެން މަޑުމަޑުންނެއް ނުތިބޭނަން، ހުރިހާ ބޭފުޅުން ވެސް ނުކުންނަވާ ގޯތިތައް ދިފާއު ކުރައްވާ،" އެސޯސިއޭޝަނުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފަޅުން ގޯތި ދިން ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްްރެސް (ޕީއެންސީ) ގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް އެކި ތަންތަނުގައި ވިދާޅުވަމުންނެވެ. މާލެ ސަރަހައްދުން ގޯތި ދޫކުރި ގޮތަކީ މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.

"ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން އެބަ އޮތް ޖުމުލަ 9،100 ގޯތި ދޫކޮށްފަ، ގޯތި ލިސްޓެއް ހަދާފައި. ސަރުކާރަކުން އެ އެއްޗެއް ބަހާލާއިރުގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޒިންމާދާރު ސަރުކާރުތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ހަމަތަކާ ހިލާފަށް، އަޅުގަނޑު ދަންނަވާނީ މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ސިފަކުރަނީ،" ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އޮގަސްޓު 12, ގައި ވިދާޅުވެފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox