ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް"

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު ސްޕޯޓްސް" ހަމަޖައްސައިފި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އެވެ. އަދަދު ނޫހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ "އަދަދު ސްޕޯޓްސް"ގެ އެޑިޓަރު، އައްޒާމް އަލިފުޅު އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން، ރިލްވާން ވިދާޅުވީ، މިދިޔަ ދެ އަހަރު އަދަދު އިން މަސައްކަތް ކުރީ ޕީއާރު ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު، މި އަހަރު "އަދަދު ސްޕޯޓްސް" އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ މިދިޔަ ދެ އަހަރު އެންމެ ފުރިހަމަ އަށް މީޑިއާ ކަވަރޭޖް ދީފައިވަނީ "އަދަދު ސްޕޯޓްސް" އިން ކަމަށްވާތީ ކަމަށް ރިލްވާން ފާހަގަކުރެއްވި އެވެ.

"އަދަދުގެ ނޫސްވެރިން ދަނޑުގައި ހަރަކާތްތެރިވޭ މެޗުތައް ކުރިއަށްދާއިރު ވެސް މީގެ އިތުރުން އަދަދުގެ ކަވަރޭޖްގެ ފުރިހަމަކަން އެހެން މީޑިއާތަކުން ވެސް ވަނީ ފާހަގަކޮށްފައި،" ރިލްވާން ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގައި 129 ޓީމުން ބައިވެރިވިއިރު, މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބ. އޭދަފުށި އެވެ. އޭދަފުށިން ޗެމްޕިއަންކަން ހޯދީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން ފައިނަލުގައި ބަލިކޮށްގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު, މުބާރާތް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ، އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

އަންނަ އަހަރުގެ މުބާރާތުގައި މިހާރުވެސް ގިނަ ޓީމުތަކަކުން ބައިވެރިވެފައިވާ ކަމަށް ރިލްވާން މައުލޫމާތު ދެ އެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ދޭ އެއްބާރުލުން ރިލްވާން ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލުން މުބާރާތަށް ބަހައްޓާ އަހައްމިއްޔަތުކަން ފެނިފައި، މި މުބާރާތް އިތުރަށް ފުރިހަަމަކުރަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަހަރަކުން އަހަރަކަށް ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތައް އިތުރުވަމުން އަންނައިރު, މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ޓީމުތައް ކުޅުނު މުބާރާތެކެވެ. އަދި މި އަހަރުގެ މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅުނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19ގެ ސަަބަބުން އައި މެދުކެނޑުމާ ހެދި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ތ. ތިމަރަފުށިން ތިން ފަހަރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު އަދި ހެންވޭރު އެވެ.

އަންނަ އަހަރު ފަށާނީ، ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުންނެވެ. ބައްދަލުކުރާނީ، ގަމާއި އޭދަފުށްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox