މާލެއަށް ބަރޯސާވެގެން އައްޑޫގެ ފަތުރުވެރިކަން ކުރިއަކަށް ނުދާނެ: މޭޔަރު އަލީ ނިޒާރު

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް 2024" ރަސްމިއްޔާތުގައި އައްޑޫ މޭޔަރު ވާހަކަދައްކަވަނީ. މި ސަމިޓު މިއަދުގެ ހަވީރާއި ހަމައަށް ކުރިއަށް ދާނެ --- ފޮޓޯ: ސޯޝަލް މީޑިއާ

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް 2024" ރަސްމިއްޔާތުގައި އައްޑޫ މޭޔަރު ވާހަކަދައްކަވަނީ. މި ސަމިޓު މިއަދުގެ ހަވީރާއި ހަމައަށް ކުރިއަށް ދާނެ --- ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީގައި ޓޫރިޒަމް ކުރިއެރުވުމަށް ގޮންޖެހުންތަކެއް ހުރި ކަމަށާއި މާލެއަށް ބަރޯސާވެގެން އެ ސިޓީގެ ޓޫރިޒަމް ކުރިއަކަށް ނުދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިހެން ވިދާޅުވީ "ޑެސްޓިނޭޝަން އައްޑޫ 2024" ސަމިޓް އިފްތިތާހުކުރުމަށް އެ ސިޓީގެ އިކުއޭޓަރު ވިލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. މޭޔަރު އިތުރަށް ވިދާޅުވީ މި ސަމިޓުގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކުރަން ނިންމަވާފައިވާ ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ މާލެ އާއި ދުރުގައި މިތަން އޮތުން. މާލެ ކައިރީ ތަންތަން އަގުހެޔޮ ވީމާ މިތަނަށް އަންނާކަށް ޓޫރިސްޓުން ބޭނުމެއް ނުވޭ. ގަން އެއާޕޯޓު ތަރައްގީކޮށް ބޭރުގެ އެއާލައިންތައް އެއާޕޯޓަށް އާދެވޭ ގޮތް ހެދުމަކީ އެންމެ މުހިންމު އެއް ކަންތައް،" ނިޒާރު ވިދާޅުވި އެވެ.

އެ ސަމިޓުގައި ހުރި ކަންތައްތަކުގައި ކުލަޖެއްސުމަށް އައްޑޫ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް މޭޔަރު ފާހަގަކުރި އެވެ. އަދި އައްޑޫ ވަކި މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރެވޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އައްޑޫއަކީ އިނގިރޭސިން ކުރިން ދިރިއުޅެފައިވާ ތަނެއް ކަމުން އެމީހުންނަށް ވަކިން ހާއްސަކޮށް ބެލުން މުހިންމު ކަމަށެވެ. އަދި އިނގިރޭސިން ކުރިން މިތަނުގައި އުޅުނު އިރު ހަދައިފައިވާ ތަންތަން ވެސް އަލުން މަރާމާތުކޮށް ޓޫރިސްޓުނާއި ހަމައަށް ގެނެސްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑެސްޓިނޭޝަން އައްޑޫ 2024" މިއަދު އިފްތިތާހު ކުރިއިރު އެކިއެކި ސްޓޭކްހޯލްޑަރުން މި ރަސްމިއްޔާތުގައި ހިޔާލު ހުށައަޅަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވިއަން އަދި ގަން އެއާޕޯޓުގެ އޮފިޝަލުން ވެސް ހިމެނެ އެވެ.

އައްޑޫގައި މިހާރު ވެސް 1506 އެނދު އެބަ ހިންގަ އެވެ. އޭގެ ތެރެއިން 1000 އެނދު ބޭނުން ކުރާއިރު ބާކީ 506 އެނދަކީ އައުޓް އޮފް ސާވިސްގައި ހުރި އެނދުތަކެވެ. ރައީސް ޑރ. މުއިއްޒު އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި އެނދުގެ އަދަދު 6000 އަށް އެރުވުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox