ބަންގްލަދޭޝްގައި ނުބޭއްވުނަސް އިންޑިއާ އިން ޓީ20 ވޯލްޑް ކަޕް ހޯސްޓްނުކުރާނެ

Aug 16, 2024, 4:05 AM
ބަންގްލަދޭޝްގައި ނުބޭއްވުނަސް އިންޑިއާ އިން ޓީ20 ވޯލްޑް ކަޕް ހޯސްޓްނުކުރާނެ

ނިއު ދިއްލީ، އިންޑިއާ (އޮގަސްޓް 16) - އަންނަ އޮކްޓޫބަރު މަހު، ބަންގްލަދޭޝްގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތް އައިސީސީ ވިމެންސް ޓީ20 ވޯލްޑް ކަޕް، އެ ގައުމުގައި ނުބޭއްވުނު ކަމުގައި ވިޔަސް، އިންޑިއާ އިން އެ ފުރުސަތު ބޭނުންނުކުރާނެ ކަމަށް ހާމަކޮށްފި އެވެ.

ބަންގްލަދޭޝް މި ވަގުތު ދާހިލީ ހަމަނުޖެހުމަކަށް ގޮސްފައިވާއިރު، މި މަހު ކުރީކޮޅުގައި، ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި، އެ ގައުމު ދޫކުރައްވައި ވަނީ ފިއްލަވައިފަ އެވެ.

ކުރިއަށް އޮތް މަސްތަކުގައި ބަންގްލަދޭޝްގެ ހާލަތު ބަދަލުވާނެ ގޮތެއްގެ ސީދާ މަންޒަރު ސާފުނުވާތީ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) މިހާރު ވާހަކަ ދައްކަމުން އަންނަނީ، އޮކްޓޫބަރު ތިން ވަނަ ދުވަހު، ބަންގްލަދޭޝްގައި ފަށަން އޮތް ޓީ20 ވިމެންސް ވޯލްޑް ކަޕް އެހެން ގައުމަކަށް ބަދަލުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ވިމެންސް ވޯލްޑް ކަޕް ކުރިއަށްގެންދަން ނިންމާފައިވާއިރު، ބަންގްލަދޭޝްގައި އެ މުބާރާތް ނުބޭއްވިއްޖެ ހާލަތެއްގައި، ދެން ހޯސްޓްކުރުމުގެ ފުރުސަތު ދޭން ވިސްނަނީ، ޔޫއޭއީ، އިންޑިއާ ނޫނީ ސްރީ ލަންކާ އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، އިންޑިއާ އިން ވަނީ އެ ފުރުސަތު ދޫކޮށްލަން ނިންމައިފަ އެވެ.

އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައިގެ ސެކްރެޓަރީ ޖެނެރަލް، ޖޭ ޝާހު ވިދާޅުވީ، އަންނަ އަހަރު އިންޑިއާގައި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވިމެންސް ވޯލްޑް ކަޕް ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، އޭގެ އެއް އަހަރު ކުރިއަށް އިތުރު މުބާރާތެއް ހޯސްޓްކުރުން ރަނގަޅެއް ނޫން ކަމަށެވެ.

"ޖެހިޖެހިގެން ދެ އަހަރު ދެ ވޯލްޑް ކަޕެއް ބޭއްވުން، މިއީ އެންމެ ރަނގަޅު ގޮތެއް ކަމަށް އަހަރެމެންނަށް ނުފެނޭ،" ޝާހު ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި، 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ކްރިކެޓް ވޯލްޑް ކަޕް އެ ގައުމުގައި ހޯސްޓްކުރާނީ 10 ގައުމުގެ މެދުގަ އެވެ. ޖުމްލަ 23 މެޗު ކުޅެން ނިންމާފައިވާ މި މުބާރާތުގެ މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ، ސިލްހެޓާއި ޑާކާގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ބަންގްލަދޭޝްގައި ނުބޭއްވިއްޖެނަމަ، އައިސީސީން މުބާރާތް ބޭއްވުމުގެ ފުރުސަތު ފުރަތަމަ ދޭނީ ސްރީ ލަންކާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox