ދެކުނު އެފްރިކާ ކަޓުވާލައި ނިއު ޒީލެންޑް ޓީ20 ވޯލްޑް ކަޕް ފައިނަލަށް

Mar 5, 2026, 1:17 AM
ދެކުނު އެފްރިކާ ކަޓުވާލައި ނިއު ޒީލެންޑް ޓީ20 ވޯލްޑް ކަޕް ފައިނަލަށް

ކަލްކަތާ، އިންޑިއާ (މާޗް 5) - މެޗަކުން ބަލިނުވެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ދެކުނު އެފްރިކާ ނުވަ ވިކެޓުން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު ނިއު ޒީލެންޑުން މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ދެކުނު އެފްރިކާ އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ނިއު ޒީލެންޑް އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ. އެކަމަކު، ރޭ ކަލްކަތާގެ މަޝްހޫރު ސްޓޭޑިއަމް، އެޑަން ގާޑަންގައި ކުޅުނު މެޗުގައި، ނިއު ޒީލެންޑުން ވަނީ ތަފާތު ރޫހެއްގައި ކުޅެލައި، ދެ ވަނަ ފަހަރަށް ޓީ20 ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފަ އެެވެ.

ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ހޮވާށެވެ. ދެކުނު އެފްރިކާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 169 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 30 ބޯޅައިން 55 ލަނޑު ހެދި، މާކޯ ޖެންސަން އެވެ. މި އިނިންގްސްގައި، ނިއު ޒީލެންޑުގެ މެޓް ހެންރީ، ކޯލް މެކްކޮންޗީ އަދި ރަޗިން ރަވިންދުރަ، ކޮންމެ ކުޅުންްތެރިއަކު ދެ ވިކެޓް ނެގި އެެވެ.

Advertisement

ޖަވާބުގައި ކުޅެން އަރައި، ނިއު ޒީލެންޑަށް މެޗުގެ ނަތީޖާ ނެރުމުގައި ތަފާތު ދެއްކީ ރޭގެ މެޗުގައި ރެކޯޑް ސެންޗަރީއެއް ހެދި ފިން އެލަން އެވެ. ނިއު ޒީލެންޑުން 12.5 އޯވަރުގެ ތެރޭގައި، އެއް ކުޅުންތެރިއަކު ނުބައިވެގެން، ބާކީ 43 ބޯޅަ ނުއުކައި އޮއްވައި، ނަތީޖާ ނެރުނީ، 33 ބޯޅައިން އެލަން ހެދި ސައްތައާ އެކު އެވެ. މިއީ، ޓީ20 ވޯލްޑް ކަޕް ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް ސެންޗަރީ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ވެސްޓް އިންޑީސްގެ ކްރިސް ގޭލް އަތުގަ އެވެ. އޭނާ 2016 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، އިންގްލެންޑާ ދެކޮޅަށް ސައްތަ އެއް ފުރިހަމަކުރީ 47 ބޯޅައިންނެވެ.

ނިއު ޒީލެންޑުން މީގެ ކުރިން ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ހަމައެކަނި ވާދަކުރި ފަހަރު، 2021 ވަނަ އަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ އަތުން ވީ ބައްޔެވެ. މި ފަހަރުގެ ފައިނަލުން ނިއު ޒީލެންޑުން ފުރުސަތު މި ހޯދީ، އެންމެ ފަހުން 2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ރަނަރަޕް ބަލިކޮށްފަ އެވެ. ފައިނަލުގައި، ނިއު ޒީލެންޑުން ކުޅެން ޖެހޭ ޓީމެއް ކަނޑައެޅޭނީ އިންގްލެންޑާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox