ސްކޯލްސް އަށް ފެނުނީ މައިނޫގެ ފަރާތުން ޒިދާންއާ ދާދި އެއްގޮތް ކަމެއް

Aug 16, 2024, 4:03 AM
ސްކޯލްސް އަށް ފެނުނީ މައިނޫގެ ފަރާތުން ޒިދާންއާ ދާދި އެއްގޮތް ކަމެއް

ލަންޑަން (އޮގަސްޓް 16) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ 19 އަހަރުގެ މިޑްފީލްޑަރު، ކޯބީ މައިނޫގެ ފަރާތުން ފެނުނު އެއް ހުނަރަކީ، ފްރާންސްގެ ލެޖެންޑަރީ ތަރި ޒިނެދިން ޒިދާންގެ ފަރާތުން ފެނިފައިވާ ދާދި އެއްގޮތް ކަމެއް ކަމަށް ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު، ޕޯލް ސްކޯލްސް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ހަ މަހެއްހާ ދުވަސްތެރޭ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު، މައިނޫ ވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

އިންގްލެންޑުން ޔޫރޯ ފައިނަލުގައި ވާދަކުރިއިރު، ފުރަތަމަ އެގާރައިގައި ކުޅުނު، މައިނޫ ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން، ޔުނައިޓެޑަށް ހޯދައިދޭން ފައިނަލް މެޗުގައި ލަނޑު ވެސް ޖަހައިފަ އެވެ. އޭނާ އަކީ، މިދިޔަ 43 އަހަރު ތެރޭ އެފްއޭ ކަޕް ފައިނަލުގައި ލަނޑު ޖެހީ 20 އަހަރުން ދަށުގެ ހަމައެކަނި ކުޅުންތެރިޔާ އެވެ.

މީގެ ކުރިން ވެސް ސްކޯލްސް ވަނީ، މައިނޫ އަށް ތައުރީފުކޮށްފަ އެވެ. އެ ފަހަރު، ސްކޯލްސް ބުނީ މައިނޫގެ ކިބައިން ފެންނަ ހުނަރަކީ، އޭނާ އަށް 19 އަހަރުގައި ދެއްކުނު ކަމެއް ނޫން ކަމަށެވެ. އޭގެ ފަހުން، ސްކޯލްސް މި ވަނީ މައިނޫ އަށް ތައުރީފު ކުރުމުގެ ގޮތުން އާ ވާހަކަ ދައްކައިފަ އެވެ.

"ބޯޅަ ރިސީވް ކުރުމާއި ބޯޅަ ހިފައިގެން ކުޅުންތެރިން ތެރެއިން ދިއުން، މި ކަހަލަ ކަންކަމަށް ބަލާއިރު، މައިނޫ އަކީ، ޒިދާނާ ކިރިޔާ ހަމަކޮށްލެވޭހާ ވެސް ދާދި އެއްގޮތް ހުނަރެއް ދެއްކުނު ކުޅުންތެރިއަކީ،" ސްކޯލްސް ބުންޏެވެ.

"އަހަރެން އަޑުއެހިން ޓްރެއިނިންގައި ވެސް މައިނޫ ދާ ކަމަށް ކަސެމީރޯ ކައިިރިން ބޯޅަ ހިފަހައްޓައިގެން ހުރެފައި. ފުރަތަމަ ފަހަރަށް އަހަންނަށް މައިނޫގެ ކިބައިން މި ބުނި، ކަންކަން ފެނުނުއިރު، އަހަންނަށް ގަބޫލެއް ނުކުރެވުނު އެހާ ހަގު އުމުރުގެ ކުޅުންތެރިއަކަށް އެކަން ކުރެވިދާނެ ކަމަށް،"

މައިނޫ އާއި އޭނާއާ އަޅާކިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ސްކޯލްސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އުމުރުން 19 އަހަރުގައި ސްކޯލްސް އަށް ޔުނައިޓެޑް ޓީމަށް ޖަހައިދެވުނީ، ތިން ގޯލެވެ. މައިނޫ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 36 މެޗުން ފަސް ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox