އަރަބިއްޔާގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ފެށި ކަމަށް ބުނި އިރު ބިން އޮތީ ކައުންސިލުގެ ނަމުގައި

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށި ކަމަށް ބުނެ އެ ސަރަހައްދަށް ފެބްރުއަރީ 24، ގައި އެޑިއުކޭޝަން މިނިސްޓަރު ވަޑައިގަތުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށި ކަމަށް ބުނެ އެ ސަރަހައްދަށް ފެބްރުއަރީ 24، ގައި އެޑިއުކޭޝަން މިނިސްޓަރު ވަޑައިގަތުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ފެށި ކަމަށް ސަރުކާރުން ބުނިއިރު، ސްކޫލް އަޅަން ތައްޔާރުވަމުންދާ ބިން އޮތީ މާލެ ސިޓީ ކައުންސިލުގެ ނަމުގައި ކަން ހާމަވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން ނިންމާފައިވާ ކުރީގެ ކުނި ކޮށި ހުރި ބިމަކީ ސިޓީ ކައުންސިލުގެ ބިމެއްކަން ހާމަވީ މިިދިޔަ ބުރާސްފަތި ދުވަހު އޮތް ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި އެ ބިން އެޑިއުކޭޝަން މިނިސްޓަރީއާ ހަވާލު ކުރަން ފާސް ކުރުމުންނެވެ.

އެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ އަރަބިއްޔާގެ އާ ސްކޫލު އިމާރާތް ކުރަން މި ސަރުކާރުން ނިންމާފައިވާ ބިން ހަވާލު ކޮށްދިނުމަށް އެދި މިދިޔަ ޖެނުއަރީ މަހު މިނިސްޓަރީ އޮފް އެޑިއުކޭޝަނުން އެދިފައިވާ ކަމަށެވެ.

"އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރުމުގެ މަސައްކަތާއި ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ބާ ޖަމާލުއްދީން ހުރި ބިމުން، ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކޮށްދިނުމަށް ބޭނުންވާ ބިމުގެ ރެޖިސްޓަރީ އަދި މާލޭގެ 381 [ނަންބަރު] ކޮށީގެ ބިމުގައި އަރަބިއްޔާ ސްކޫލު އިމާރާތްް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ރެޖިސްޓަރީ ހަވާލުކޮށްދިނުމަށް އެދިފައިވާތީ އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން،" އަރަބިއްޔާ ސްކޫލު އަޅަން ނިންމާފައިވާ ބިން މިނިސްޓަރީ އާ ހަވާލު ކުރުމާ މެދު ގޮތެއް ނިންމުމަށް ހުށަހަޅަމުން އާޒިމް ވިދާޅުވި އެވެ.

ނަމަވެސް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ފެށި ކަމަށް ބުނެ މިއަހަރުގެ ފެބްރުއަރީ 24، ގައި މާލޭގެ 381 ނަންބަރު ކޮށީގައި އެ ސްކޫލް އިމާރާތް ކުރުމާ ގުޅޭ ދެ ބޯޑެއް ޖެހި އެވެ. އެކަން ކުރީ އެ ބިން އަރަބިއްޔާއަށް ހަމަޖެއްސި ކަމަށް ބުނެ ރައީސް އޮފީހުން ނޮވެމްބަރު 21، 2023 ގައި ނޫސް ބަޔާނެއް ނެރުމުންނެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ބިނާ ކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒު ހަފުތާ 14 ގެ މަގުޗާޓުގައި ހިމަނާފައި އޮތް ކަމެކެވެ. ފެބްރުއަރީ 24 އަކީ ހަފުތާ 14 ގެ އެންމެ ފަހު ދުވަހެވެ.

އެ ބިން ސާފުކޮށް އެތަނުގައި ދެ ބޯޑު ޖެހުން ފިޔަވައި މިއަދާ ހަމައަށް ވެސް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެ އެވެ. މަސައްކަތް ނުފެށި ލަސްވާ ސަބަބަކީ އެ ބިމުގައި އިމާރާތް ކުރަން ދަތިވުމުގެ އިތުރުން އަރަބިއްޔާ ސްކޫލުގެ މުޅި ޑިޒައިން ކޮންސެޕްޓު ބަދަލު ކޮށްފައިވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު މީގެ ކުރިން ބުނެފައިވެ އެވެ.

ބުރާސްފަތު ދުވަހުގެ އޮތް ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނީ އެ ބިން މިނިސްޓަރީއާ ހަވާލު ކޮށްދިނުމުން ކަމަށެވެ.

"އަރަބިއްޔާ ސްކޫލް އެޅުމަށް އެދިފައި ވަނީ ކުނި ކޮށި ހުރި ބިން އަސްލުގައި، އެ ބިން ހަވާލު ކުރީމާ މަސައްކަތް ފެށެން މި އަންނަނީ، އެހެންވީމާ އަޅުގަނޑު އެދެން އަރަބިއްޔާ ސްކޫލު އެޅުމަށްޓަކައި މި ބިން އެލޮކޭޓު ކޮށްދެއްވަން އެޑިއުކޭޝަން މިނިސްޓަރީއަށް،" އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާ ސްކޫލު އިމާރާތް އަޅަން ކަނޑައަޅާފައި އޮތީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެކަމަށްޓަކައި އެތަނުގައި ހުރި އިމާރާތް ތަޅައި، ބިން ސާފުކޮށް އިމާރާތް ޑިޒައިންކޮށް ބަޔަކާއެކު އެތަން އިމާރާތް ކުރުމުގެ އެއްބަސްވުން ހެދި އެވެ.

ނަމަވެސް ކުރިން ކުނިކޮށި ހުރި ކޮށީގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ބިނާ ކުރަން ނިންމީ މި ސަރުކާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox