ޑިސިޕްލިން ހިފަހައްޓައިފިނަމަ ކާމިޔާބަކީ ދުރުގައި އޮތްކަމެއް ނޫން

Aug 15, 2024, 5:01 AM
އެސޯސިއޭޝަނެއްގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު

އެސޯސިއޭޝަނެއްގެ އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު

ރަނގަޅު އަހުލާގުގެ މަތީގައި ސާބިތުވެ، ޑިސިޕްލިން ހިފަހައްޓައިގެން ކޯޗުންގެ އިރުޝާދުތަކަށް ބޯލަނބައިިފިނަމަ ކާމިޔާބީއަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު މި ގޮތަށް ވިދާޅުވީ، 20 އަަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު، ނޭޕާލުގެ ކަތުމަންޑޫ އަށް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ފުރުމުގެ ކުރިން އެ ޓީމާ ބައްދަލުކޮށް، ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މި މަހުގެ ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޒުވާން ސްކޮޑް އިއްޔެ ހަވީރު ފުރިއިރު, ފުރަތަމަ މެޗުގައި ގައުމީ ޓީމުން ނުކުންނާނީ ބޫޓާން އާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި ގައުމީ ޓީމުން ނުކުންނާނީ, އިންޑިއާ އާ ދެކޮޅަށެވެ. މީގެ ކުރިން ޒުވާން ގައުމީ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕުގެ ލޯ މެޑަލް ކާމިޔާބު ކޮށްފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރުގެ ޒިންމާ މީގެ ކުރިން އަދާކުރެއްވި ރާފިއު ވިދާޅުވީ، ކުރިން ބައެއް މުބާރާތްތަކުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅަށް ޑިސިޕްލިން މެއިންޓެއިން ނުކޮށް ހުރި މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭގެ ގެއްލުން މުޅި ޓީމަށް ވެފައިހުރި ކަމަށާއި ބައެއް ފަހަރު ޓީމާ ހަވާލުވެ ހުންނަ ކޯޗުގެ އިރުޝާދުތަކަށް ބޯނުލެނބުމުން ކޯޗު ޓީމު ދޫކޮށް ގޮސްފައި ހުރި މަންޒަރު ވެސް ފެނިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު، 20 އަަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ،---- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ކާމިޔާބު ހޯދުމުގައި ވަރަށް ގިނަ ކަންކަން އެބަހުރޭ ފުރިހަމަ ކުރަން ޖެހޭ. އޭގެ ތެރެއިންވެސް އެއް ކަމަކީ، ރަނގަޅަށް ޑިސިޕްލިން މެއިންޓެއިން ކުރުން. އަޅުގަނޑަށް ފެނިފައި އެބަހުރި މިކަންކަން ނުވެ, އޭގެ އަސަރު މުޅި ޓީމަށް ކޮށްފައިހުރި މަންޒަރު ވެސް" ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ، މުބާރާތައް ޓީމު ދާއިރު, ހަމަ ބައިވެރިވެލަން ދިޔުމުގެ ބަދަލުގައި ޓާގެޓެއް ކަނޑައަޅާ ކާމިޔާބީ އަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ސިކުނޑީގައި އަބަދުވެސް ބަހައްޓާށޭ، މި ދަނީ ޕާޓިސިޕޭޓް ވާކަށް (ހަމަަައެކަނި ބައިވެރިވެލާލަށް) ނޫނޭ. މި ދަނީ ވިން ކުރާށޭ. އަޅުގަނޑުމެން މިދަނީ ކޮމްޕެޓިޓިވް ސްޕޯޓްސްއެއްގައި ކޮމްޕީޓްކުރަން (ވާދަވެރި ކުޅިވަރެއްގައި ވާދަކުރަން). ކޮމްޕީޓްކުރުމުގެ ބޭނުމަކީ މެޗުން މޮޅުވުން. ކޮމްޕެޓިޝަނެއްގެ ޓާގެޓަކީ އެ ވިން ކުރުން (މުބާރާތެއްގެ ޓާގެޓަށް ވާން ޖެހޭނީ މޮޅުވުން). އެއަށް ޓާގެޓް ނުކޮށްފިއްޔާ ވީވިލް ބީ ލޫޒިން (ބަލިވާނީ)،" 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގަަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕްގައި ޓީމުގެ މެނޭޖަރެއްގެ ޒިންމާ ވެސް އުފުއްލެވި ރާފިއު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ފުޓުބޯޅަ ކުރިއެރުވުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ޒުވާން ޓީމުން މިކުރާ ދަތުރާ އެކު، މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ރަނގަޅަށް ކުރެވޭ ކަންތައްތަކުގެ ފެށުމެއް ކަމަށް، ހެދުމަށް ރާފިއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox