ނޫމަޑި މައްސަލައިގައި ބަޔާން ބަދަލުކުރި ސަބަބު ރައީސް މުއިއްޒު ހާމަކުރަން ޖެހޭ: ޝައުނާ

އައިމިނަތު ޝައުނާ: ނޫމަޑި ބަޔާން ބަދަލުކުރި ސަބަބު ރައީސް މުއިއްޒު ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އައިމިނަތު ޝައުނާ: ނޫމަޑި ބަޔާން ބަދަލުކުރި ސަބަބު ރައީސް މުއިއްޒު ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަޔާން ބަދަލުކުރި ސަބަބު ހާމަކުރަން ޖެހޭނެ ކަމަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

"ހަވަރު ބެރުގެ" ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝައުނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި 2019 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނުގެ "އިންޓަގްރިޓީ" އާ މެދު ސުވާލު އުފެދޭ ކަމަށެވެ. ބަޔާން ބަދަލު ކުރެއްވުމަށްފަހު އެކަން ކުރެއްވި ސަބަބު ހާމަ ނުކުރައްވާތީ ވެސް ޝައުނާ ފާޑުވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެ ހުންނެވީ އެ ކޮމިޓީގައި ހާޒިރުވެވަޑައިގެން ވާހަކަ ދެއްކެވި ބޭފުޅާ. ރައީސުލްޖުމްހޫރިއްޔާގެ އިންޓަގްރިޓީއާމެދު އަޅުގަނޑަށް ސުވާލު އުފެދޭ. މިއީ ވަރަށް ބޮޑު މައްސަލައެއް. ތެދުވެރިކަމާއި އަދުލުވެރިކަމާއި އިންޓަގްރިޓީ ފަދަ ސިފަތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ކަމެއްގެ ވެސް މަތީގައި އޮންނަން ޖެހޭނެ ސިފަތަކެއް،" ޝައުނާ ވިދާޅުވި އެވެ.

Advertisement

ކޮމިޓީގައި އޭރު ރައީސް މުއިއްޒު ވިދާޅުވީ އާބިޓްރޭޝަނަށް އެމަނިކުފާނުގެ ފަރާތުން ބަޔާން ހުށަހެޅުއްވީ ކޮން ބޭފުޅެއް ކަން އެނގިވަޑައިނުގަންނަވާ ކަަމަށާއި ނަމަވެސް އެ ކޮމިޓީގައި މެންބަރުން އޭރު ވިދާޅުވީ ރައީސް އިތުރުފުޅު ހެއްދެވި ކަމަށެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަލުން ބެލިދާނެކަން ފާހަގަކުރައްވާ ޕެނަލްގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުއަކީ ދެއިރު ދެގޮތަށް އަބަދުވެސް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށާއި ނަމަވެސް މަޖިލީހުން އެކަން ކޮށްފާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް ނޫމަޑި ކުންފުނިން ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސްގެ އާބިޓްރޭޝަންނަށް ހުށަހެޅީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެއާއެކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑިއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނެވެ.

ނޫމަޑި މައްސަލައިގައި ބޮޑު ބަދަލެއް ދޭން ޖެހުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ. އަދި ރައީސް މުއިއްޒާ ދެކޮޅަށް ދޮގު ހެކި ދިން ކަމަށް ދައުވާ ވެސް އުފުލި އެވެ. ނަމަވެސް އެ މައްސަލަ ރައީސް މައްޗަށް ސާބިތެއް ނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox