މި ސަރުކާރުގެ އެއްވެސް ކަމެއްގައި އިހުލާސްތެރިކަމެއް ނެތް: ފައްޔާޒު

ފައްޔާޒު އިސްމާއީލް މިރޭ ބޭއްވި ޕެނަލްގައި. ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ

ފައްޔާޒު އިސްމާއީލް މިރޭ ބޭއްވި ޕެނަލްގައި. ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ފެންނަން ނެތް ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންނަށް ސުވާލު އަމާޒު ކުރައްވަމުން ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ހާރިޖީ ސިޔާސަތެއް ފެންނަން ނެތެވެ. އޭގެ ބަދަލުގައި ސަރުކާރުން އަމަލުކުރަމުންދަނީ ކަމެއް ބޭނުންވުމުން ވަކި ދިމާލަކަށް ދާ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް މި ސަރުކާރުގައި ނެތް. އެއީ ހާރިޖީ ސިޔާސަތެއް ކަމަށް ވިޔަސް, ވައުދު ވުމުގައި ވެސް, ވައުދު ވެލަނީ ކަނޑައެޅިގެން ބޮޑު ދޮގު, ފަހުން ބުނަނީ އެހެނެއް ތިމަންނަ ނުބުނަމޭ, އެއީ އަސްލު ވާހަކައެއް ނޫނޭ," ފައްޔާޒު ވިދާޅުވި އެވެ.

Advertisement

ވަޒީފާތަކުން އެއްވެސް މީހަކު ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް އެކަމުގައި ވެސް އަމަލުކުރައްވަމުން ގެންދަވަނީ ދިމާ އިދިކޮޅަށްކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ފްލެޓްތަކާއި ގޯތިތައް ގޯސްކޮށް ދޫކޮށްފައި ހުއްޓަސް ނުނަގަނާމޭ, މިހާރު އޭތި މުޅިން އަނބުރާ ގެންނަނީ. ޑޮލަރު 17 އަށްވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދިން. މިހާރު 18.30 އަށް," އޭނާ ވިދާޅުވި އެވެ.

ހާރިޖީ ސިޔާސަތު ނެތުމުގެ އިތުރުން މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތެއް ވެސް ނެތް ކަމަށް އެމްޑީޕީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

"އެއްވެސް ކަމެއްގައި އިހުލާސްތެރިކަމެއް ނެތް ކަން މިއަދު މުޅި ދިވެހިރާއްޖެއަށް އެނގޭ. ގާބިލުކަމެއް ނެތް މި ގައުމު ކޮނޑުއަޅައިގެން ކުރިއަށް ދިޔުމުގެ. ވިދާޅުވި އައި އިރުގައި ތިމަންނަމެންނަށް ވާނެއޭ, މެނޭޖުކުރަން އެނގެއޭ," ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އިގުތިސޯދަށް ވާނެ ގޮތަކާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި, ގައުމު އެތައް އަހަރެއް ފަހަތަށް ޖައްސާލާއިރު ރައްޔިތުންނަށް ބަލަން ތިބެވިދާނެތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox