ސާޖީ ރޮބާޓޯ ބާސެލޯނާ ދޫކޮށްލައިފި

Aug 12, 2024, 12:39 PM
ސާޖީ ރޮބާޓޯ ބާސެލޯނާ ދޫކޮށްލައިފި

ބާސެލޯނާ (އޮގަސްޓް 12) - ބާސެލޯނާ އަށް ކުޅެމުން އަންނަ ފުލްބެކް، ސާޖީ ރޮބާޓޯ، 14 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލައިފި އެވެ.

ރޮބާޓޯ، 32، ބާސެލޯނާއާ ގުޅުނީ އެ ކްލަބްގެ ލަ މާސިއާ އެކެޑަމީ އަށެވެ. އެއީ، ރޮބާޓޯގެ އުމުރުން 14 އަހަރުގަ އެވެ. އޭނާ ފުރަތަމަ ފަހަރަށް ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެފައިވަނީ، 2010 ވަނަ އަހަރެވެ.

ގިނަ ކޯޗުންތަކެއްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ކުޅުމުގެ ފުރުސަތު ލިބުނު ރޮބާޓޯ، ވަނީ އެ ޓީމަށް 373 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ޖުމްލަ 19 ގޯލު ޖެހިއިރު، އެންމެ މަޝްހޫރު ގޯލަކީ، 2016-2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީ ކޮޅަށް ފަހު ސިކުންތުގައި ޖެހި ގޯލެވެ.

އެންމެ ފަހުން ކުޅުނު ސީޒަނުގައި ބާސެލޯނާގެ ކެޕްޓަންކަން ކުރީ ވެސް ރޮބާޓޯ އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާގެ ކޯޗަކަށް ހުރި ޒަވީ ހެނާންޑޭޒް ވަނީ، ރޮބާޓޯ އަކީ އެ ކްލަބްގެ އަރަމުން އަންނަ ކުޅުންތެރިންނަށް ރޯލް މޮޑެލެއް ކަމަށް ބުނެފަ އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުގައި 14 އަހަރު ހޭދަކުރި ރޮބާޓޯ ވަނީ އެ ޓީމާ އެކު، ދެ ޗެމްޕިއަންސް ލީގާއި ހަތް ސްޕެނިޝް ލީގު ތަށްޓާއި ހަ ކޮޕަ ޑެލް ރޭ ތަށީގެ އިތުރުން ދެ ކްލަބް ވޯލްޑް ކަޕް އެވެ.

ރޮބާޓޯ އަށް ވަނީ ސްޕެއިން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. ޖުމްލަ 11 މެޗު ސްޕެއިން ޓީމަށް ކުޅެދިން ރޮބާޓޯ އެ ޓީމަށް އެންމެ ފަހުން ކުޅުނީ، 2021 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox