މަޖިލީހަށް ކުރިން ހާޒިރު ނުވެވުމުން ހައިދަރު މައާފަށް އެދިވަޑައިގެންފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: މަޖިލީހަށް ހާޒިރު ނުވެވުމުން ވަނީ މައާފަށް އެދިފައި -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: މަޖިލީހަށް ހާޒިރު ނުވެވުމުން ވަނީ މައާފަށް އެދިފައި -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއަށް އެންގުމުން ވެސް ހާޒިރުވެވަޑައި ނުގެންނެވުމުން މިއަދު މަޖިލީހުގައި އޭނާ މައާފަށް އެދިއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ތިން ސުވާލަށް ޖަވާބު ދެއްވަމުގެ ކުރިން ހައިދަރު ވިދާޅުވީ މިދިޔަ ހަފްތާގައި މަޖިލީހަށް ހާޒިރު ނުވެވުނީ ދިމާވި ކުއްލި އާއިލީ ކަމަކާހެދި ކަމަށާއި އެކަމަށްޓަކައި މަޖިލީހުގެ މެންބަރުންނާއި މަޖިލިސް ރައީސްގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

"އަޅުގަނޑަށް ދިމާވި ކުއްލި ކަމަކާހެދި ނާދެވުނީތީ އަޅުގަނޑު އެ މައްސަލަ ސިޓީއެއްގެ ޒަރީއާއިން ރައްޔިތުންގެ މަޖިލިސްގެ ރައީސްއަށް އަޅުގަނޑު ފޮނުވިން. އެހެންވީމަ އަޅުގަނޑު މެންބަރުންގެ އަރިހުންނާއި އިއްޒަތްތެރި މަޖިލީހުގެ ރައީސްގެ އަރިހުން ވަރަށް ބޮޑަށް ނިހާޔަތަށް މައާފަށް އެދެން އަޅުގަނޑަށް ނާދެވުނީތީ،" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހޯމަ ދުވަހު ވަޑައިނުގެންނެވި ނަމަވެސް އެ ދުވަހު މިނިސްޓަރު ގަޑިއަށް އޮފީހަށް ވަޑައިގެން މަސައްކަތުގައި އުޅުއްވި އެވެ.

އެ ޖަލްސާއަށް ހައިދަރު ވަޑައިނުގެންނެވިއިރު، މިދިޔަ ޖުލައި 16، ގައި ބޭއްވި ޕެޓިޝަން ކޮމިޓީއަށް ވެސް އޭނާ ވަޑައިނުގަންނަވަ އެވެ. އެ ދުވަހު ވެސް އޭނާ ވަޑައިގެންނެވީ ކެބިނެޓު ބައްދަލުވުމަކަށެވެ.

މަޖިލީހުގައި އަމަލުކުރާ އުސޫލަކީ މެންބަރަކު މިނިސްޓަރަކާ ސުވާލެއް ކުރައްވާ ނަަމަ، މަޖިލީހުގެ އިދާރާއިން އެ ސުވާލު، މިނިސްޓަރަށް ލިއުމުން ފޮނުއްވައި، ޖަވާބުދެއްވަން ތައްޔާރުވެވަޑައިގެންނެވުމަށް 14 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ޖަވާބު ދެއްވަން އެޖެންޑާ ކުރުމެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox