ސްޕޯޓްސް އާބިޓްރޭޝަން އަންނާނީ ބައިނަަލްއަގުވާމީ ޖަމިއްޔާތަކާ ގުޅޭގޮތަށް: މިނިސްޓަރު

ސްޕޯޓްސް މިނިސްޓަރު ރާފިއު، އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ސްޕޯޓްސް މިނިސްޓަރު ރާފިއު، އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކުޅިވަރު ގާނޫނު އިސްލާހު ކުރެވިގެންދާއިރު، ސްޕޯޓްސް އާބިޓްރޭޝަންގެ (ކުޅިވަރުގައި ޖެހޭ މައްސަލަތައް ހައްލުކުރާ ޕެނަލްގެ) ކަންކަން އަންނާނީ ބައިނަލްއަގުވާމީ އެ ފަދަ ޖަމިއްޔާތަކުގެ އުސޫލުތަކާ ގުޅޭގޮތަށް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހު ޖަލްސާ އަށް ހާޒިރުވެ، ސްޕޯޓްސް މިނިސްޓަރު، ރާފިއު ވަނީ ދެ ދުވަހެއްގެ ތެރޭގައި ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުގެ ކަންކަމާ ގުޅޭ ކަރުދާސް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ދުވަހު، މަޖިލީހުގައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވީ ކުޅިވަރު ގާނޫނުގައި ވެސް ކުޅިވަރު އާބިޓްރޭޝަނެއް އުފެއްދުމަށް އޮތް ނަމަވެސް އެކަން ކޮށްފައި ނުވާތީ ސަބަބު އޮޅުންފިލުއްވުމަށެވެ.

ޖަވާބުގައި، މިނިސްޓަރު ރާފިއު ވިދާޅުވީ، ކުޅިވަރު ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން، އާބިޓްރޭޝަން އުފެއްދުމުގެ ކަންކަން ކުރެވިގެންދާނެ ކަމަށެެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނުގައި ވެސް ސްޕޯޓްސް އާބިޓްރޭޝަނެއް އަންނަން ޖެހޭ ކަމަށް ހިމަނާފައިވެ އެވެ. އޭގެ ފަހުން، މިވީ މުއްދަތުގައި އެކަން ކުރުމަށް އެސޯސިއޭޝަންތަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެހެން ނަމަވެސް އަމަލީ ސިފައެއްގައި އޭގެ ކަންކަން އަދިވެސް އޮތީ ނުކުރެވި އެވެ. ކުޅިވަރުގެ މާހައުލުގައި ޖެހޭ މައްސަލަތައް އިތުރުވެ، ހައްލުކުރެވޭނެ މަގު އޮތީ ހަނިވެފަ އެވެ.

އެ ގޮތުން، އެޓާނީ ޖެނެރަލް އޮފީހަށް، މިހާރު ފޮނުވާފައިވާ ކުޅިވަރު ގާނޫނުގެ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އަށް މިނިސްޓަރު ރާފިއު ދެއްވި އިންޓަވިއުގައި ވިދާޅުވީ، އިސްލާހު ކުރެވޭ ކުޅިވަރު ގާނޫނުގެ ތެރެއިން، ސްޕޯޓްސް އާބިޓްރޭޝަން އަންނާނެ ކަމަށާއި އެކަން ކުރިއަށްދާނީ ބައިނަލްއަގުވާމީ އެ ފަދަ ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ.

"މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކެއްގެ ނޫނީ ފެޑެރޭޝަން ނޫނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ނޫނީ ކްލަބް ނޫނީ އެކެޑަމީތަކުގެ މެމްބަރުންގެ މެދުގައި ނުވަތަ ކުޅުންތެރިންގެ ދޭތެރޭގައި ނުވަތަ ކުޅިވަރުގައި ހިމެނޭ އޮފިޝަލުންނާ ދޭތެރޭ އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް ސްޕޯޓްސް އާބިޓްރޭޝަން ބޯޑެއް އޮންނަން ވާނެ ކަމަށް،" ކުޅިވަރު ޑްރާފްޓްގައި ހިމަނާފައިވެ އެވެ.

އާބިޓްރޭޝަން ބޯޑުގެ މަގްސަދަކީ ޝަރީއަތުގެ މަރުހަލާގެ ބަދަލުގައި ގާނޫނު ހުއްދަކުރާ އަދި ގާނޫނުން ބާރު ލިބޭ ސްޕޯޓްސް އާބިޓްރޭޝަން ބޭނުންކޮށްގެން ކުޅިވަރުގެ މައްސަލަތައް ހައްލުކުރަން މަގުފަހިކޮށްދިނުމެވެ.

"ބޯޑުގައި ތިން މެމްބަރުންގެ މައްޗަށް. މެމްބަރުން އައްޔަންކުރާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކުޅިވަރާ ބެހޭ ވަޒީރު. މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އާބިޓްރޭޝަން ބޯޑު ހިންގުމަށް ބޭނުންވާނެ ހުރިހާ ގަވާއިދެއް ހަދާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް އާބިޓްރޭޝަނެއް އައި ކަމުގައި ވިޔަސް މީގެ އެންމެ މުހިންމު ކަންކަން ގުޅިފައި އޮތީ އެސޯސިއޭޝަނަށް ކަމަށެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ގާނޫނުގެ ބާރު ނެގެހެއްޓޭ ގޮތަށް، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަނޑައަޅާ މިންގަނޑުގެ ތެެރެއިން، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދު ބައްޓަން ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާބިޓްރޭޝަން ހިނގާނީ އިންޓަނޭޝަނަލް ބޮޑީ އަކާ އެފިލިއޭޓްވެގެން، ސްޓޭންޑަންޑްކޮށް ކޮސްޓް މެނޭޖްކުރެވޭ ގޮތަށް ހިނގާނީ،" ރާފިއު ވިދާޅުވި އެވެ.

އާބިޓްރޭޝަން ބޯޑުގެ މެމްބަރުން ނެގުމުގައި ކުޅިވަރު ގައުމީ މަޖިލީހުގެ ލަފާ ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށާއި ނަގާނެ މެމްބަރުންގެ ކަންކަން ބަލާއިރު، ކުޅިވަރުގައި ޖުމްލަކޮށް ދިމާވާ މައްސަލަތައް ބެލޭނެ ފަދަ ގާބިލު މެމްބަރުން ނެގޭނެ ފަދަ އުސޫލެއް އިންޓަނޭޝަނަލީ ގަބޫލުކުރާ މިންގަނޑެއްގެ ތެރެއިން ތައްޔާރުކުރާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox