މި ފެންނަނީ ސޯލިހުގެ ދުރުވިސްނުމާއެކު ގަހުގައި މޭވާ އަޅާތަން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މި ފެންނަނީ ސޯލިހުގެ ދުރުވިސްނުމާއެކު ގަހުގައި މޭވާ އަޅާތަން ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ހަސަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މި ފެންނަނީ ސޯލިހުގެ ދުރުވިސްނުމާއެކު ގަހުގައި މޭވާ އަޅާތަން ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ހަސަން

މި ފެންނަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދުރުވިސްނުމާއެކު ގަސްތައް ހެދި ފޯދި، މޭވާ އަޅަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރެއްވުމަށްފަހު "އަދަދު" އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ސޯލިހުގެ ސަރުކާރުގައި ސޮއިކޮށް ތަންފީޒުކުރި މަޝްރޫއުތައް އިފްތިތާހު ކުރެއްވީތީ ޝުކުރު އަދާކުރެއްވި ކަމަށެވެ.

"ޖައިޝަންކަރު އައްޑޫއަށް ވަޑައިގެން ރައީސް ސޯލިހުގެ މޭސްތިރިކަމުގެ ދަށުގައި މުޅީ އައްޑޫގެ ތަރައްގީއަށް ފެށިފައި ހުރި ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރެއިން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާއި ހަމައެއާއެކު ހަންކެޑެ މަޝްރޫއު އިފްތިތާހުވެގެންދާނެ. ފެންނަމުން މި ދަނީ ރައީސް ސޯލިހުގެ ދުރު ވިސްނުންފުޅާއެކު ގަސްތަކުން ހެދިފޯދި މޭވާ އަޅަމުންދާތަން ކަމަށް އެމްޑީޕީ ދެކޭ،" ޝާހިދު ވިދާޅުވެއްޖެ އެވެ.

ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށައި ނިންމި ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީތީ ޖައިޝަންކަރަށް ޝުކުރު އަދާކުރެއްވި ކަމަށާއި އެ މަޝްރޫއުތަކަކީ ރާއްޖޭގެ ރައްޔިތުން ގައިންތާހިރުވުމަށް ހިންގުނު މަޝްރޫއުތަކެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޖައިޝަންކަރުގެ ދަތުރުގައި ރާއްޖެއާއެކު ސޮއިކުރެވުނު 1،000 ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އާ ކުރުމުގެ އެމްއޯޔޫއަށް ޝުކުރު އަދާކުރައްވައި ޝާހިދު ވިދާޅުވީ ސޯލިހުގެ ސަރުކާރުގައި ފެށި އެ ޕްރޮގްރާމުގެ ދަށުން 1،000 މުވައްޒަފުން މިދިޔަ ފަސް އަހަރު ތަމްރީން ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ރުޕޭ ކާޑުގެ ބޭނުން ރާއްޖޭގައި ހިފޭނެ މަގު ތަނަވަސް ކުރުމަށް ޔޫޕީއައިގެ އެމްއޯޔޫގައި ސޮއިކުރިއިރު، އެ ކަމަކީ ސޯލިހުގެ ސަރުކާރުގައި މަޝްވަރާކޮށް އެއްބަސްވުމަކާ ހިސާބަށް ގޮސްފައިވާ ކަމެއް ކަމަށާއި އެކަން އެ މަގުން ކޮށްދެއްވީތީ ޝުކުރު އަދާކުރެއްވި ކަމަށެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ ވަފުދާ ބައްދަލުކުރެއްވުމަށްފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ އެމްޑީޕީއާ ބައްދަލުކުރެވުމަކީ ލިބުނު އުފަލެއް ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަން އެޕާޓީން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

ޖައިޝަންކަރުއާ އެމްޑީޕީގެ ފަރާތުން ބައްދަލު ކުރެއްވީ ޝާހިދުގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ނައިބު ރައީސް ހިސާން ހުސެއިން އާއި ޔޫތު ވިންގްގެ ރައީސް ރިފްގާ ޝިހާމް އާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާ އާމިނަތު ޝައުނާ އާއި ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގު އަދި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox