ރާއްޖެ-ޕާކިސްތާން: އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކޮށް، ސީދާ ދަތުރުތައް ފެށުމަށް ޝެހެބާޒް ބާރުއަޅުއްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް (ކ) އަދި ރައީސް މުހައްމަދު މުއިއްޒު (ވ): މި އަހަރު ތެރޭގައި މުއިއްޒު އިތުރު ދަތުރެއް ޕާކިސްތާނަށް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝެހްބާޒް ވިދާޅުވި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް (ކ) އަދި ރައީސް މުހައްމަދު މުއިއްޒު (ވ): މި އަހަރު ތެރޭގައި މުއިއްޒު އިތުރު ދަތުރެއް ޕާކިސްތާނަށް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝެހްބާޒް ވިދާޅުވި

ދެ ގައުމުގެ ދެމެދުގައި ވެވޭ އެމްއޯޔޫތަކަށްވުރެ ބޮޑަށް އިތުބާރު ކުރައްވަނީ ރަސްމީ އެއްބަސްވުންތަކަށް ކަމަށް ވިދާޅުވެ، އެމްއޯޔޫތައް އެއްބަސްވުންތަކަކަށް ބަދަލުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ބާރުއަޅުއްވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގައި ބޭއްވި ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ޝެހްބާޒް ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި ކުރެވޭ މުއާމަލާތްތަކުގައި އެމްއޯޔޫއަށްވުރެ ބޮޑަށް އެއްބަސްވުންތަކަކީ މާ ވަރުގަދަ އަދި އެއަށް ވުރެ އިތުބާރު ހުރި ވަސީލަތެއް ކަމަށެވެ. 

އެމްއޯޔޫތަކަކީ އެއަށް އަމަލީ ސިފަ އައިސް އެއްބަސްވުންތަކަކަށް ބަދަލުނުވާހާ ހިނދަކު، އެއީ އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ އެއްޗެއް ނޫން ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި މިހާރު ހުރި އެމްއޯޔޫތައް ވީހާވެސް އަވަހަށް ރަސްމީ އެއްބަސްވުންތަކަކަށް ބަދަލުވެގެން ދިއުމަކީ ނުހަނު ބޭނުންފުޅުވާ ކަމެއް ކަމަށް ޝެހްބާޒް ވިދާޅުވި އެވެ.

Advertisement

ޝެހްބާޒް ވިދާޅުވީ ކަނޑުގެ މަގުންނާއި ވައިގެ މަގުންވެސް ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކަމަށް ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކޮށްފިނަމަ ހާސިލުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. 

ރާއްޖެއާއެކު އޮންނަ ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ޝެހްބާޒް ވިދާޅުވީ އެ ވަފުދުގައި ހިމެނޭނީ ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރުމުގެ ތަޖުރިބާ ހުރި ޕާކިސްތާނުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންނާއި، ސަރުކާރުގެ ކަމާބެހޭ މިނިސްޓަރުންނާއި އިސް އޮފިޝަލުންނެވެ.

މި ވަފުދުގެ ދަތުރުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ޕާކިސްތާނުގެ އުފެއްދުންތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ޕާކިސްތާނަށް މުއިއްޒު ކުރެއްވި ދަތުރާއެކު ދެ ގައުމުގެ ގުޅުމަށް އައު ސަފުހާއެއް ހުޅުވިފައިވާ ކަމަށާއި މި އަހަރު ތެރޭގައި ޕާކިސްތާނަށް އިތުރު ދަތުރެއް މުއިއްޒު ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝެހްބާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox