ޝީލްޑް މެޗު ސިޓީން ފަސޭހަކޮށް ނުނަގާނެ: ގާޑިއޯލާ

Aug 10, 2024, 5:15 AM
ޝީލްޑް މެޗު ސިޓީން ފަސޭހަކޮށް ނުނަގާނެ: ގާޑިއޯލާ

ލަންޑަން (އޮގަސްޓް 10) - އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، މި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އެންމެ ފަހުން ތިން ފަހަރު ވެސް ސިޓީ ވަނީ ޝީލްޑް މެޗުން ބަލިވެފަ އެވެ. އެއީ ލެސްޓާ ސިޓީ އާއި ލިވަޕޫލްގެ އިތުރުން މިދިޔަ އަހަރު ޕެނަލްޓީ ޖަހައިގެން، އާސެނަލް އަތުންނެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ސިޓީން ޝީލްޑް މެޗަށް ނުކުންނައިރު، އެ ޓީމުގެ ކޯޗު ގާޑިއޯލާ އަށް މެޗުގެ ކުރިން އަމާޒުވި ސުވާލަކީ، މިއީ ސިޓީން އަހައްމިއްޔަތުކަމެއް ނުދޭ މެެޗެއްތޯ އެވެ.

ގާޑިއޯލާ ބުނީ، މިއީ ފައިނަލެއް ކަމަށާއި މޮޅުވާން ބޭނުންވާ ކަމަށެވެ.

"މި މެޗު މުހިންމު. މިއީ ފައިނަލެއް. ޔުނައިޓެޑާ ދެކޮޅަށް ކުޅެން މި ޖެެހެނީ، މި މެޗު ހަގީގަތުގައި ވޭ އަހަރެމެން ސީޒަން ބައްޓަންކުރަން ފަށާ މެޗަކަށް ވެސް. ބްރޭކަކަށް ފަހު ހަރުފަތަކަށް ފަހު ހަރުފަތެއް ކުޅުންތެރިން ކުރިއަރަން މަސައްކަތް ކުރާ މެޗަކަށް ވެސް. އަހަަރެމެން ފަސޭހަނުކުރާނަން،" ގާޑިއޯލާ ބުންޏެވެ.

ޔޫރޯ ފައިނަލުގައި ކުޅުުނު ސިޓީގެ ކުޅުންތެރިން ކަމަށްވާ ރޮޑްރީ، ކައިލް ވޯކާ، ޖޯން ސްޓޯންސް އަދި ފިލް ފޯޑެން އަދި ސިޓީގެ ޓީމު ފަރިތަކުރުންތަކުގައި ބައިވެރިވާން ނުފަށަ އެވެ. ކެވިން ޑި ބްރޭނާ ވެސް ޓީމުގެ ކޭމްޕާ ގުޅުނީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ.

ޝީލްޑް މެޗުގައި އެންމެ ފަހުން ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު، ޔުނައިޓެޑުން ވަނީ 3-2 އިން ސިޓީ ބަލިކޮށްފަ އެވެ. މީގެ 77 ދުވަސް ކުރިން، ޔުނައިޓެޑުން ވަނީ، ސިޓީ ބަލިކޮށް އެފްއޭ ކަޕް ތަށި ވެސް އުފުލައިލައިފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ، ޝީލްޑް މެޗަކީ ވެސް ޓްރޮފީ އަކަށް ކުޅޭ ފައިނަަލަކަށްވާތީ، އޭނާ ޓީމު ތައްޔާރުކުރަނީ ވެސް އެ ވިސްނުމުގައި ކަމަށެވެ.

"ވާދަވެރިކޮށް ކުޅެ، މި ތަށި ހޯދޭނެ ޓީމެއް އަހަރެން ސެޓުކުރާނީ. މި ކާމިޔާބުކުރަން ބޭނުން،" މިދިޔަ ދެ ސީޒަނުގައި ޔުނައިޓެޑަށް ލީގު ކަޕާއި އެފްއޭ ކަޕް ހޯދައިދިން ކޯޗު ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން މި މެޗަށް ނުކުންނައިރު އަނިޔާގެ މައްސަލަތައް ބޮޑެވެ. އެ ގޮތުން، އަލަށް ގެނައި ޑިފެންޑަރު، ލެނީ ޔޯރޯ ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުރިއިރު، ފޯވާޑް ރަސްމުސް ހޮއިލުންޑް ވެސް ފިޓްވާން މަހެއްހާ ދުވަސް ނެގުމުގެ ފުރުސަތު އެބައޮތެވެ.

ޔުނައިޓެޑަކީ އެންމެ ގިނަ ފަހަރު ޝީލްޑް ކާމިޔާބުކުރި ޓީމެވެ. އެ ޓީމުން ވަނީ 21 ފަހަރު ޝީލްޑް އުފުލާލައިފަ އެވެ. ޝީލްޑް މެޗުގައި ސިޓީ އާއި ޔުނައިޓެޑް ބައްދަލުުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox