ޓޮޓެންހަމް އިން ރެކޯޑް އަގަކަށް ސޮލާންކޭ ގަންނަން ނިންމައިފި

Aug 10, 2024, 4:57 AM
ޓޮޓެންހަމް އިން ރެކޯޑް އަގަކަށް ސޮލާންކޭ ގަންނަން ނިންމައިފި

ލަންޑަން (އޮގަސްޓް 10) - ޓޮޓެންހަމް ހޮޓްސްޕާސް އިން ރެކޯޑް އަގަަކަށް ބޯންމައުތަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ޑޮމިނިކް ސޮލާންކޭ ގަންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސޮލާންކޭ، 26، ގަންނަން ޓޮޓެންހަމް އިން ޖުމްލަ އެކު، 83 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. މިއީ މިހާތަނަށް ޓޮޓެންހަމް އިން ކުޅުންތެރިއަކު ގަންނަން ހޭދަކުރާނެ އެންމެ ބޮޑު އަދަދެވެ. އަނެއްކޮޅުން، މި އަގުގައި ސޮލާންކޭ، ޓޮޓެންހަމާ ގުޅިއްޖެނަމަ، މިއީ، ބޯންމައުތުން އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ވިއްކާލާނެ ޑީލެވެ.

ޗެލްސީ ޔޫތު ޓީމުގައި ވިދާލި ސޮލާންކޭ ދެން ގުޅުނީ ލިވަޕޫލްއާ އެވެ. ލިވަޕޫލުން 2019 ވަނަ އަހަރު ބޯންމައުތަށް ސޮލާންކޭ ވިއްކާލީ، 23 މިލިއަން ޑޮލަރަށެވެ. އެ ޑީލްގެ ދަށުން ލިވަޕޫލުން ވަނީ ކުރިއަށް އޮތްތަނުގައި، ސޮލާންކޭ އެހެން ޓީމަކަށް ވިއްކާލާނަމަ، ލިބޭ ފީގެ 20 ޕަސެންޓް އެ ޓީމަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނައިފަ އެވެ.

އިންގްލެންޑްގެ ސީނިއާ ޓީމަށް އެއް މެޗު ކުޅެދީފައިވާ ސޮލާންކޭގެ ކެރިއަރުގައި މިދިޔަ ސީޒަން ހާއްސަ އެވެ. އޭނާ ވަނީ 42 މެޗުން 21 ލަނޑު ޖަހައިފަ އެވެ.

ޓޮޓެންހަމް އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް، ރިޗާލިސަން އަށް ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން ލިބުނު އޮފާ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox