ފިއޮރެންޓީނާގެ އޮފާ ޑެހެއާ ގަބޫލުކޮށްފި، އަހަރަކަށް ފަހު އެނބުރި އަންނަނީ

Aug 8, 2024, 8:11 PM
ފިއޮރެންޓީނާގެ އޮފާ ޑެހެއާ ގަބޫލުކޮށްފި، އަހަރަކަށް ފަހު އެނބުރި އަންނަނީ

ފްލޮރެންސް، އިޓަލީ (އޮގަސްޓް 9) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވުމުން އެއްވެސް ޓީމަކާ ނުގުޅެ އެއް އަހަރު ކުޅުމާ ދުރުގައި ހުރި ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ، އިޓަލީގެ ފިއޮރެންޓީނާ އިން ދިން އޮފާ ގަބޫލުކޮށް، އެ ޓީމާ ގުޅެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެހެއާ, ޔުނައިޓަޑާ ވަކިވީ އެ ކްލަބުގައި 12 އަހަރު ހޭދަކުރުމަށް ފަހު އެވެ. ޖުމްލަ 545 މެޗާ އެކު، ޑެހެއާ އަކީ ޔުނައިޓަޑްގެ ތާރީހުގައި ވެސް ކްލަބަށް އެންމެ ގިނަ މެޗު ކުޅުނު ގޯލްކީޕަރެވެ. ޑެހެއާ ވަނީ އެ ކްލަބުގެ ކުޅުންތެރިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ސަޕޯޓަރުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރު ހޯދައިފަ އެވެ.

އަލުން އަނބުރާ ޔުނައިޓެޑަށް ދެވޭނެ މަގެއް އޮތްތޯ ބަލަން، އޭނާ މިދިޔަ ސީޒަނުގައި ހުރީ މަޑުކޮށްގެންނެވެ. އިންޑިވިޖުއަލް ޓްރެއިނިންތައް ނަގައި، ސްޕެއިނުގެ ބައެއް ކްލަބްތަކުގެ ޓްރެއިނިން ސެންޓަރު ބޭނުންކުރި އެވެ.

އެކަމަކު، ޔުނައިޓެޑުން އޮފާއެއް ނާންނާތީ، އެންމެ ފަހުން، ޑެހެއާ މި ވަނީ ފިއޮރެންޓީނާ އިން ދިން އެއް އަހަރުގެ ކޮންޓްރެކްޓް ގަބޫލުކުރަން ނިންމައިފަ އެވެ. އެ އެއްބަސްވުމުގައި ވަނީ، ޑެހެއާ އާއި ފިއޮރެންޓީނާ އިން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށް ހިމަނައިފަ އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން، އިޓަލީގެ ޖެނޯއާ އިން ވެސް ޑެހެއާގެ ސޮއި ހޯދަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އަދި މިދިޔަ ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން ވެސް ކުރު ކޮންޓްރެކްޓެއްގައި ޑެހެއާ ގެންދަން މަސައްކަތް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox